26 Jan 2012, 12:10
ކަނޑުމަގުން އައްޑުއަށް އެތެރެ ކުރި ދެ ލައްކަ ރުފިޔާގެ މަަސްތުވާތަކެއްޗާ އެކު އައްޑޫން ދެ މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އެ ދެމީހުން ހައްޔަރު ކުރީ މާލޭން އައްޑު އަށް ދިޔަ ބޯޓަކުން މަސްތުވާތަކެތި އެތެރެ ކުރާ ކަމުގެ މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ މައްސަލަ އާއި ގުޅިގެން ހައްޔަރުނ ކުރި ދެ މީހުންނަކީ ސ. ހިތަދޫ އަބީރީގޭ، އިބްރާހިމް މުހައްމަދު 20، އާއި އަދި ހަމައެރަށު ހަވާސް، މުހައްމަދު މަމްދޫދު 26، އެވެ. ފުލުހުން ބުނީ އެދެ މީހުންނަކީ ވެސް މަސްތުވާތަކެތީގެ ކުށުގެ ރިކޯޑް އޮންނަ ދެ މީހުން ކަމަށެވެ.
ފުލުހުން ހިންގި އޮޕަރޭޝަނުގައި އެ ދެ މީހުންގެ އަތުން ބުލެޓް ސައިޒުގެ 44 ޕެކެޓާއި ފިލްމު ހުސްކުރި ދަޅަކަށް އަޅާފައި ހުރި ތެޔޮ ދެ ދަޅު ފެނިފައިވެ އެވެ. އަދި އެތަކެތީގެ މާކެޓް އަގު 200،000ރ. އަށް އަރާނެ ކަމަށް ފުލުހުން ބުނެ އެވެ.