ކ. ކާށިދޫ ޕޮލިސް ސްޓޭޝަންގައި ހައްޔަރުކޮށްފައި ތިބި ދެ މީހުން ފިލައިފިއެވެ. އެ ދެ މީހުން ފިލީ މިއަދު މެންދުރު 1:00 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

ފިލި ދެ މީހުންނަކީ ކ. ކާށިދޫ އލުންތިލަ އަހްމަދު ސިމާއު އަދި ކ. ކާށިދޫ ސައުތުކޯނަރު އިބްރާހިމް ފައްވާޒެވެ.

މި ދެ މީހުންގެ ތެރެއިން އިބްރާހިމް ފައްވާޒް ފުލުހުންގެ ބެލުމުގެ ދަށަށް އަލުން ގެނެސްފައިވާ ނަމަވެސް އަހްމަދު ސިމާއު އަދިވެސް ނުފެންނަކަމަށް ފުލުހުން ބުނެއެވެ.

އޭނާގެ ހަބަރެއްވާނަަމަ ކާށިދޫ ފުލުސް ސްޓޭޝަން ނަންބަރު 9791519 އަށް ގުޅައި އެކަން އެންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފުލުހުން ބުނީ އެ ދެ މިީހުންގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި އަދި އެކަން ތަކުރާރު ވިޔަ ނުދިނުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަމަށެވެ.