ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި އޫރުމަސް ނައްތާލައިފި އެވެ.

އެ ތަކެތި ނައްތާލާފައި ވަނީ އިއްޔެ ތިލަފުށީގައި، ކަސްޓަމްސްގެ އޮފިސަރުންނާއި މީޑިއާގެ ކުރިމަތީގަ އެވެ.

ކަސްޓަމްސް އިން ބުނީ އިއްޔެ 2220.50 ކިލޯގެ އޫރު މަހާއި 8719.92 ލީޓަރުގެ ބަނގުރާ ނައްތާލާފައިވާ ކަމަށެވެ.

އެތަކެތި ނައްތާލާފައި ވަނީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ ދަށުން ބޮންބެޑް ވެއާހައުސްގައި ހުންނަ މުދާ ހަލާކުވެގެން ނުވަތަ މުއްދަތު ހަމަވެގެން ނުވަތަ އެނޫން ވެސް ސަބަބަކާ ހެދި ނައްތާލުމުގައި ކަސްޓަމްސް އިން އަމަލުކުރާ އުސޫލުގެ ދަށުންނެވެ.