ދެވަނަ ދަރިފުޅަށް ބަލިވެއިން ކުޅަދާނަ ބަތަލާ ކަރީނާ ކަޕޫރު ލިޔާ ފޮތް މާބަނޑު މީހުންނަށް ހާއްސަކޮށްފި އެވެ.

ކަރީނާ އަމިއްލަ އަށް ލިޔެ އުފައްދާ އެ ފޮތް މާބަނޑު އަންހެނުންނަށް ހާއްސަކުރާއިރު އެ ފޮތަކީ އަންނަ އަހަރު ނެރެން ތާވަލްކުރާ ފޮތެކެވެ. "ޕްރެގްނަންސީ ބައިބްލް"ގެ ނަމުން ނަންދީފައިވާ މި ފޮތް ޕަބްލިޝްކުރަނީ ޖަގަނޯޓް ބުކްސްގެ ތައްގަނޑުގައެވެ. މި ފޮތް ނެރޭކަން އޭނާ އިއުލާންކުރީ އޭނާގެ ދޮށީ ދަރިފުޅު ތައިމޫރު އަލީ ޚާން ގެ އުފަންދުވަހުއެވެ.

ކަރީނާ ބުނީ މާބަނޑުއިރު ކެއުން ބަހައްޓަންޖެހޭ ކަމަށާއި ކަސްރަތު ކުރަންޖެހޭ މިންވަރު މި ފޮތުގެ ޒަރިއްޔާއިން އެނގިގެންދާނެކަމަށެވެ. ފޮތުގެ ޒަރިއްޔަައިން މާބަނޑުއިރު ކަންތައްތައް ހަމަޖައްސާނެ ގޮތްތައް އެނގިގެންދާނެ ކަމަަށްވެސް ކަރީނާ ބުންޏެވެ. މި ފޮތް އޭނާ ލިޔަނީ އޭނާގެ އަމިއްލަ ތަޖުރިބާގެ އަލީގައެވެ.

ކަރީނާ ދެވަނަ ދަރިފުޅަށް ބަލިވެއިންކަން ހާމަކުރީ މިދިޔަ އޮގަސްޓް މަހުއެވެ.