ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރިއާނާ ގްރާންޑޭ 27، އެންގޭޖްވެއްޖެ އެވެ.

ލަވަކިޔުންތެރިޔާ އަރިއާނާ އެންގޭޖްވީ އޭނާ ލޯބިވެެރިޔާ ވިޔަފާރިވެރިޔާ ޑެލްޓަން ގޯމޭޒްއާ އެވެ. އެދެމީހުން އެންގޭޖްވިކަން ޔަގީންކޮށްދީފައިވަނީ އަރިއާނާ އިންސްޓަގްރާމުގައި ހިއްސާކުރި ފޮޓޯތަކުންނެވެ.

އަރިއާނާ ވަނީ މީގެ ކުރިންވެސް އެންގޭޖްވެފަ އެވެ. އެއީ “ސަޓަޑޭ ނައިޓް ލައިވް"ގެ ޕާފޯމާ ޕީޓް ޑޭވިޑްސަންއާ އެވެ. އިންސްަޓާގައި އަރިއާނާ އެންގޭޖްވިކަން އިއުލާން ކުރުމާއެކު އޭނާގެ މަންމަ ޖޮއާން ގްރޭންޑޭ ޓްވީޓް ކުރަމުން ބުނީ އާއިލާއިން ޑެލްޓަން އަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި ޑެލްޓަން ދެކެ ވަރަށް ލޯބިވާ ކަމަަށް ވެސް ޖޮއާން ވަނީ ބުނެފަ އެވެ.