ރާއްޖެއިން މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ އަށް މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބަށް ބަލާއިރު ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ނެގި 2،613 ސާމްޕަލް އިން ޕޮޒިޓިވް ވެފައިވަނީ އަށް މީހުންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދަކީ އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންނަށްވުރެ މަދު އަދަދެކެވެ. އެގޮތުން އިއްޔެ ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 19 މީހުންނެވެ.

އަލަށް ޕޮޓިވިވްވި މީހުންގެ ތެރެއިން ހަތަރު މީހުން މާލެއިން ޕޮޒިޓިވި އިރު ރިޒޯޓުތަކުން ތިން މީހަކު ޕޮޒިޓިވްވެފައިވެއެވެ. އޭގެއިތުރުން ދެން ޕޮޒިޓިވް ވެފައިވަނީ މީހުން އުޅޭ ރަށަކުން އެކެކެވެ.

އަލަށް ޕޮޒިޓިވްވި އަށް މީހުންނާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ މިހާރު 13،501 އަށް އަރާފައެވެ.

ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަކީ 12،929 އެވެ. މިދިޔަ 24 ގަޑިއރު ތެރޭ 31 މީހަކު ބަލިން ރަނަގަޅުވެފައި ވެއެވެ.

ހޮސްޕިޓަލުތަކުގައި 40 މީހަކު ފަރުވާ ހޯދަމުންދާއިރު މިވަގުތު ޖުމްލަ 517 މީހުން ބައްޔަށް ފަރުވާ ހޯދަމުން އެބަދެއެވެ.

މި ބަލީގައި މިހާތަނަށް 48 މީހަކު ރާއްޖޭގައި މަރުވެފައި ވެއެވެ.