Last Updated:
1 decade 4 year ago

ސަރުކާރު ޗާޓަށް ވައްދާ މުޒާހަރާ:
ސިފައިން ނުކުމެ މީހުން ހައްޔަރުކުރުމުން މުޒާހަރާ ނިންމާލައިފި

  • - ސަލާމަތީ ބާރުތަކާ އާންމުންނާ ދެމެދު ކުރިމަތިލުންތައް ހިނގި
ބުލޮގު ޚުލާސާ
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ނިޒާމުގެ ތެރެއިން ގެއްލުވާލި މައްސަލައާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ބާއްވަމުން އަންނަ މުޒާހަރާ، 10 ވަނަ ރޭ ބެއްވި އިރު ވެސް މުޒާހަރާގެ ބައިވެރިންގެ ހިއްވަރަށް ބަލިކަމެއް ނާދެ އެވެ.
ސަންގެ ރިޕޯޓަރުއެމްއެމްއޭ ކައިރިން

ގާނޫނު އަސާސީ ހިމާޔަތްކޮށް ރައްޔިތުން ހިމާޔަތް ކުރުމަށް ރައެޓް ފުލުހުންގެ ފައުޖުން ދާދި ދެންމެއަކު ހަރު އަޑުން އަހުދުވެއްޖެ.
ދިގު އެ އަހުދަކީ ފުލުހުންގެ އަަޒުމް. ރައެޓް ފުލުހުން ފޯލް ބެކް ކުރާއިރު ފުލުހުންގެ އަޒުމް އާންމުކޮށްވެސް ކިޔާ ކަމައްވޭ
01:36އެމްއެމްއޭ ސަރަހައްދުން

ކުރީގެ ލޯކަލް މާރުކޭޓް ސަރަހައްދުގައި ތިބި މުޒާހަރާގެ ބައިވެރިން ފުލުހުން ހާވިޔާ ކޮށްލައިފި. މިހާރު އެ ސަރަހައްދުގައި އުޅެނީ މަދުބަޔެއް. އެ ސަރަހައްދު މިހާރު ވަނީ އާންމު ހާލަތަކަށް އައިސްފައި.
01:34

ސިފައިންގެ މީޑިއާ އޮފިސަރު ވިދާޅުވީ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރީ ކިތައް މީހުން ކަން އަދި އެނގިވަޑައި ނުގަންނަވާ ކަމަށް. މުޒާހަރާ ރޫޅާލުމަށް ސިފައިން ނުކުތީ ފުލުހުންނަށް ކޮންޓްރޯލް ނުކުރެވިގެންތޯ ދެންނެވުމުން ވިދާޅުވީ، ފުލުހުން ވަނީ ސިފައިންގެ އެހީއަށް އެދިފައި ކަމަށް.
01:31

މުޒާހަރާއާ ގުޅިގެން މިރޭ ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި.
01:21

މުޒާހާރާ މިރެއަށް ނިންމާލިކަން މިހާރު ވަނީ ރަސްމީކޮށް އިއުލާންކޮށްފައި. ރައެޓް ފުލުހުންގެ ސަފުތައް އެމްޓީސީސީ ޓަވަރު ކައިރީގައި ރުކުރުވާލައިގެން އެ ސަރަހައްދަށް އެއްވެފައިވާ މަދުބަޔަކު ފޮނުވާލަން ފުލުހުން މަސައްކަތް ކުރަނީ.
މަހުލޫފް؛ އެސްއެމްއެސް މެދުވެރިކޮށް

މުޒާހަރާ ހޫނުވީ ސިފައިން މުޒާހަރާގެ ތެރެއަށް ވަނުމުން ކަމަށް މަހުލޫފް ވިދާޅުވެއްޖެ. އެސްއެމްއަކުން އޭނާ ވިދާޅުވީ ސިފައިން މީހުން ހައްޔަރުކުރީ އަނިޔާވެރި ގޮތަކަށް ކަމަށް.
ސުލްހަ ވެރިކޮށް މުޒާހަރާ ކުރަމުން ދިޔަ ބައެެއްގެ ތެރެއަށް ސިފައިން ވަދެ ވަރަށް އަނިޔާވެރިކޮށް މީހުން ހައްޔަރުކޮށްފައިވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރަން
01:09އެމްއެމްއޭ ކައިރިން

ސިފައިން މީހުން ހައްޔަރުކޮށްގެން ނައްޓާލައިފި. މުޒާހަރާގެ ބައިވެރިން ފުދޭވަރަކަށް ލޯކަލް މާރުކޭޓް ސަރަހައްދުގައި ބޮޑިވެގެން އެބަތިބި. މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ ފުލުހުން އެކަނި.
ސަންގެ ރިޕޯޓަރު، އަފްޒަލް

ސިފައިން މީހުން ހައްޔަރުކުރުމުން މުޒާހަރާގެ ބައިވެރިން ލޭމައްޗަށް ގޮސް ގާފަދަ ތަކެތި ފުލުހުންނާއި ދިމާލަށް އުކަންފަށައިފި. ފުލުހުން ދަނީ ޖުމްހޫރީ މައިދާނުގައި ތިބެގެން އިތުރަށް ތައްޔާރުވަމުން. މުޒާހަރާގެ ބައިވެރިން ތިބީ ލޯކަލް މާރުކޭޓާ ދިމާލުގައި.
މުޒާހަރާގެ ބައިވެރިން ބޮޑަތި ގައުވެސް އެބައުކާ. ކުރުބާތައްވެސް އުކަނީ. މުޒާހަރާ ވަނީ ހޫނުވެފައި. މީހުން ހޫނުވީ ސިފައިން އައިސް މީހުން ހައްޔަރުކުރަން ފެށުމުން
00:59

މޫނު ނިވާކޮށްގެން ތިބި ސިފައިން ޖިޕްތަކުގައި އައިސް މުޒާހަރާ އިން މީހުން ހައްޔަރުކުރަން ފަށައިފި. މުޒާހަރާގެ ބައިވެރިން އެމީހުންނާ ދިމާލަށް އެއްޗިހި އުކަމުން ދަނީ.
00:58

މަދާމާރޭވެސް 8:45 ގައި އެމްއެމްއޭ ސަރަަހައްދުން މުޒާހަރާ ފަށާނެ ކަމަށް އުމަރު ދިޓީވީގައި ވިދާޅުވެއްޖެ.
00:45

ވީޑިއޯ ޖާނަލިސްޓް މުހައްމަދު ޝިޔާމު ވަހީދުގެ ނޭފަތްމަތީގައި އެއްޗަކުން ޖެހި އޭނާގެ ނޭފަތް ފަޅައިގެން ހިނގައްޖެ އެވެ. ލޭ ވެސް އާދެ އެވެ. އޭނާ މިހާރު އޭޑީކޭ ހޮސްޕިޓަލަށް ގެންދަނީ ނޫނީ ދަނީ އެވެ.
ފުލުހުންއެމްއެމްއޭ ކައިރިން

ފުލުހުންގެ ޝީލްޑް ތަކުން ބިންމަތީގައި ޖަހައި މުޒާހަރާ ކުރާމީހުން މަސްމާރުކޭޓާ ހިސާބަށް ފަހަތަށް ޖައްސައިފި. މުޒާހަރާގެ ބައިވެރިން ބައެއް އެއްޗެހި ފުލުހުންނާއި ދިމާލަށް އުކަންފަށައިފި.
މި ސަރަހައްދުގައި ތިބުމަކީ މަނާކަމެއް. މި ސަރަހައްދު ދޫކޮށް އެންމެހާ ބޭފުޅުން ވަޑައިގަތުމަށް ދަންނަވަން.
00:41

ބައެއް މީހުން ފުލުހުން ހައްޔަރުކުރަން ފަށައިފި. މިވަގުތު މުޒާހަރާގައި އިސްކޮށް ފެންނަނީ އެކްޓިވިސްޓުން. ފުލުހުން އަދިވެސް ދަނީ އިންޒާރުދެމުން.
00:38

މުޒާހަރާގެ ބައިވެރިން އެބުރި އެމްއެމްއޭ ކައިރިއަށް ޖަމާވާން ފަށައިފި. ރަޔެޓް ގިޔަރުގައި ތިބި ފުލުުހުން މީހުން ފަހަތަށް ޖައްސާއިރު ފުލުހުން ދަނީ މަސްލަހަތު ގެއްލޭ ފަދަ ކަމެއް ނުކުރުމަށް އިންޒާރުދެމުން. އެއްއަޑަކަށް އިވެނީ ރައީސް ނަޝީދު ހައްޔަރުކޮށް ސަރުކާރުގެ އިސްތިއުފާއަށް ގޮވާ އަޑު. ފުލުހުން މިރޭ އަދި ބާރުގެ ބޭނުމެއް ނުކުރޭ.
00:33

މުޒާހަރާގެ ޕިކަޕް ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފި. މުޒާހަރާގެ ބައިވެރިން އެކި ދިމަދިމާލަށް ވަނީ ގޮސްފައި. ފުލުހުން މިހާރުވެސް ގެންދަނީ އެ ސަރަހައްދު ދޫކޮށްދުޔުމަށް އިންޒާރުދެމުން.
00:31އެމްއެމްއޭ ކައިރިން

މުޒާހަރާގެ ބައިވެރިން އެހެން ދިމާލަކަށް ނައްޓާލައިފި. ނަމަވެސް އެމީހުން ދާ ދިމާލެއް ނުބުނޭ.
00:27

ބެރިކޭޓްތައް ފަޅާލައި ކުރިއަށް ޖެހުމަށް މާޒް ސަލީމް މުޒާހަރާގެ ބައިވެރިންނަށް އިރުޝާދު ދިނުމާ އެކު ބައެއް މީހުން ބެރިކޭޑްތަށް ފަޅާލަން މަސައްކަތް ކުރަންފަށައިފި. ފުލުުހުން ދަނީ އިންޒާރުދެމުން. އަދި ފުލުހުންގެ ފައުޖުތައް އިތުރަށް ތައްޔާރުވަމުން ދަނީ. ނަމަވެސް އަދި ހަމަނުޖެހުމެއް ނުހިނގާ.
00:22

މިހާރު ވާހަކަދައްކަނީ އެކްޓިވިސްޓެއްކަމައްވާ ނާޒިމް. މުޒާހަރާގައި ފުދޭ ވަރަކަށް މީހުން އެބަތިބި. އެމީހުން ގޮވަމުން ދަނީ ސަރުކާރުގެ އިސްތިއުފާއަށް އަދި އަބްދުﷲ ގާޒީ ދޫކޮށްލުމަށް.
00:17އެމްއެމްއޭ ކައިރިން

އަނެއްކާވެސް އަހަންމައިދީ ވާހަކަދައްކަވަން ފައްޓަވައިފި. މުޒާހަރާގައި މާބޮޑު އިތުރުކަމެއް ނުހިނގާ. މުޒާހަރާގެ ބައިވެރިން އެ ސަރަހައްދުގައި މަޑުމައިތިރިކޮށް ތިބީ.
00:10އެމްޑީޕީ ހަރުގެ

އެމްޑީޕީން ހަރުގޭގައި ބާއްވާ "ތިޔަހެނެއް ނުކިޔޭނެ" ބައްދަލުވުން މިރެ އަށް ނިންމާލައިފި އެވެ.
މުހަންމައިދީއެމްއެމްއޭ ކައިރިން

މަދަނީ އިއްތިހާދުގެ ނައިބު ރައީސް މުހަންމައިދީ ވާހަކަދައްކަވަން ފައްޓަވައިފި. މި ސަރުކާރުން ފޮރުވިފައިވާ އެތައް ކަމެއް ކުރާކަމަށް ވިދާޅުވި. އޭނާގެ ވާހަކަ ބޮޑަށް އަމާޒުކުރަނީ އިސްލާމްދީނާ ދެކޮޅަށް ބޭރުގެ ފަރާތްތަކުން ކުރާ އެކި މަސައްކަތްތައްކަށް. މިސަރުކާރަކީވެސް ލާދީނީ ސަރުކާރެއް ކަމަށް ބުނާ ބުނުން ތަކުރާރު ކުރެއްވި. އަބްދުﷲ ގާޒީ ހައްޔަރުކުރުމުން ގާޒީން ވަނީ އިންސާފުވެރި ގޮތަށް ހުކުމް އިއްވުމަށް ފަސްޖެހިފައި. އެހެންވެ އަބްދުﷲ ގާޒީގެ ހައްޔަރުކުރި އެންމެންނަށް ޝަރީއަތް ކުރުމަށް ގޮވާލެއްވި.
ފޮތިފޮއްޗަށް ކޮށާލިޔަސް ފަހަތަކަށް ނުޖެހޭނަން. މިއީ ގައުމަށްޓަކައި ދީނަށްޓަކައި ކުރާ މަސައްކަތެއް. ބަޑި ޖެހިޔަސް މުގުރުން ޖެހިޔަސް ފަހަތަކަށް ނުޖެހޭނަން.
00:05އެމްޑީޕީ ހަރުގެ

ޖޫޑީޝަލް ސާވިސް ކޮމިޝަނުގައި ތިއްބެވި މެންބަރުންގެ ތެރެއިން އެމްޑީޕީ އަށް ވަކި ކުރެވޭނެ ކޮންމެ މެންބަރަކު ވަކިކުރާނެ ކަމަށް އަބްދުﷲ އަބްދުއްރަހީމް ވިދާޅުވި. އަދި އަންނަ ރިޔާސީ އިންތިހާބު ބޮޑު އަޣުލަބިއްޔަތަކުން އިރާދަ ކުރެއްވިއްޔާ ކާމިޔާބު ކުރާނެ ކަަމަށް ވެސް ވިދާޅުވި.
00:02އެމްްއެމްއޭ ސަރަހައްދު

ފުލުހުންގެ ބެރެކޭޑްގެ އެތެރެއަށް ނުވަނުމަށް މުޒާހަރާގެ ބައިވެރިންނަށް ފުލުހުން އިންޒާރު ދީފި އެވެ.
ސަންދާނު އަހަންމައިދީ

ސަންދާނު އަހަންމައިދީ ވާހަކަދައްކަވަން ފައްޓަވައިފި. ގާނޫނު އަސާސީ ހެދުމަށް ޖާނާ މާލުން ގުރުބާންވީން. އެކަމަކު މިއަދު ފުލުހުން އަމަލުކުރަމުންދާ ގޮތުން އިންސާފު ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތްކަމަށް ވިދާޅުވި. އޭނާ މިރޭވެސް ވަނީ މި ސަރުކާރުގެ ކުރާ ކަންތައްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި. އޭނާ މޭމަތީގައި ގަލަކުން ޖެހިފައިވާކަމަށް ވިދާޅުވި. ނަމަވެސް އޭނާގެ މަސައްކަތް ނުހުއްޓާ ކުރިއަށްގެންދާނެ ކަމަށް ވިދާޅުވި.
އަޅުގަނޑު ގައިގާ އަލިފާ ޖައްސައިގެން ހުށަހެޅި މައްސަލަ ފުލުހުން ބަލައެއް ނުދިން. އެހެންވެ ފަސީހު ވަނީ ފުލުހުންގެ އިދާރާގެ ހުރުމަތް ކަޑާފައި
23:42އެމްއެމްއޭ ކައިރިން

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މަހްލޫފް ވާހަކަދައްކަވަން ފައްޓަވައިފި. އެހެން ރޭ ރެއެކޭވެސް އެއްގޮތަށް މުޒާހަރާގެ ބައިވެރިން ދަނީ ސަރުކާރުގެ އިސްތިއުާފައަށް ގޮވައި އަބްދުﷲ ގާޒީ ދޫކޮށްލުމަށް ގޮވާލަމުން. މާބޮޑު އިތުރު ކަމެއް ނުހިނގާ.
23:39އެމްއެމްއޭ ކައިރިން

އޭދަފުށީ ދާއިރާގެ މެންބަރު ސަލީމް ވާހަކަދައްކަވަން ފައްޓަވައިފި. އޭނާގެ ވާހަކަ ޖޯސްގައި ކުރިއަށް ގެންދަވާއިރު ފުލުހުން އެއްވެސް ގައިރު ގާނޫނީ އަމުރަކަށް ތަބާނުވުމަށް އޭނާ ފުލުހުންނަށް ދަނީ ގޮވާ ލައްވަމުން.
އުމަރު ނަސީރު

އުމަރު ވާހަކަދައްކަވަން ފައްޓަވައިފި. އަބްދުﷲ ގާޒީ "ކިޑް ނެޕް" ކުރުމުގައި ސިފައިން އަމަލުކޮށްފައިވަނީ ގާނޫނަށް ހިލާފަށް ކަމަށް ވިދާޅުވެ ވާހަކަދައްކަވަމުން އުމަރު ނަސީރު ވަނީ ޖީފް އޮފް ޑިފެންސް މޫސާ އަލީ ޖަލީލަށް ހުކުމެއް އައުމަކީ ވަރަށް ގާތްކަމެއް ކަމަށް ވިދާޅުވެފައި. އެއްވެސް ފުލުހަކު އަދި ސިފައިންގެ މީހަކު ގައިރު ގާނޫނީ އެއްވެސް އަމުރަކަށް ތަބައެއް ނުވުމަށް ގޮވާލެއްވި. މި ސަރުކާރަށް އޭނާ ބިރުގަންނަ އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ވިދާޅުވި. އޭނާ މާދަމާ ފުލުސް އޮފީހައްވެސް ހާޒިރުވާނެ ކަމަށާއި ރަނގަޅީ ގިނަ ދުވަހު އޭނާ ހައްޔަރުގައި ބެހެއްޓިއްޔާ ކަމަށް ސަރުކާރަށް ގޮވާލެއްވި.
އެންމެން ހައްޔަރުކުރޭ. އަބްދުﷲ ގާޒީވެސް ހައްޔަރުކުރޭ. މާޒް ސަމީލްވެސް ހައްޔަރުކުރޭ އުމަރުވެސް ހައްޔަރުކުރޭ. އޭރުން މި ސަރުކާރުގެ ސޯޓް ބޭލެމުންދާނީ އިންޗިއަކުން އިންޗިއަކުން
23:17

އަބްދުﷲ ގާޒީ ދޫކޮށްލައި ގާނޫނުގެ ތެރެއަށް ވަނުމަށް ގާސިމު ގޮވާލެއްވި. އަދި ވިދާޅުވީ ބިރު ދެއްކުމުގެ ގޮތުން ކިތަންމެ އެސްއެމްއެސްތަކެއް ފޮނުވިއަސް، އަދި ކިތަންމެ ފޮޓޯއެއްް ހިއްޕިއަސް ހައްގުގެ މަގުގައި ކުރާ މަސައްކަތް ހުއްޓަވާ ނުލައްވަވާނެ ކަމަށް. އޭނާ ޗީފް އޮފް ސްޓާފަށާއި އަދި އޮފިސަރުންނަށް ގޮވާލެއްވީ ގާނޫނާ އެެއްގޮތަށް މަސައްކަތް ކުރުމަށް.
23:14އެމްއެމްއޭ ސަރަހައްދު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވާހަކަ ދައްކަވަން ފައްޓަވައިފި. ޖާނާއި މާލުން ގުރުބާންކޮށްގެން ނަމަވެސް ސަރުކާރުން ގާނޫނާ ހިލާފަށް ހިންގާ ކަންކަމާ ދެކޮޅަށް ތެދުވާނެ ކަމަށް ވިދާޅުވި.
23:10އެމްޑީޕީ ހަރުގެ

ކުފުރަކަށް އަމުރު ނުކުރާހާ ހިނދަކު، ވެރިމީހާއާ ދެކޮޅަށް ނުކުތުމަކީ ހަރާމްކަމެއް. އަދި ބަޣާވާތް ކުރާ މީހުން ޝަރީއަތަށް ހާޒިރު ކުރަން ޖެހޭ ކަަމަށް ވެސް ޝޭހު ފާރޫގު ވިދާޅުވި.
23:04އެމްޑީޕީ ހަރުގެ

މުސްލިމަކާ ދިމާލަށް ލާދީނީ މީހެކޭ ބުނުމުގެ ހައްގެއް ނޯންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީގެ ނައިބު މުހައްމަދު ފާރޫގު ވިދާޅުވި.
23:02

އިލްހާމް ވާހަކަ ދައްކަން ފައްޓަވައިފި. އޭނާގެ ވާހަކަވެސް ބޮޑަށް އަމާޒުކުރައްވަނީ ސަރުކާރުން ގާނޫނާ ހިލާފަށް ކަންތައްތަކެއް ކުރާކަމަށް ބުނެ އެކަންތައްތަކުގެ މައްޗަށް.
22:58

ތަނުގެ އާންމު މަސްލަހަތު ގެއްލެނީ ކަމަށް ބުނެ އެ ސަރަހައްދު ދޫކޮށް ދިޔުމަށް ފުލުހުން ދޭތެރެ ދޭތެރެ އިން އިންޒާރު ދެމުން އެބަދެ އެވެ. މިހާރު ވާހަކަ ދައްކަވަނީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދެވެ.
22:45

ނަޝީދު ވިދާޅުވީ އޭނާ "ފެލާލިއަސް، ޗިސްޗިސްކޮށްލިއަސް" ގައިން ނުކުންނަ ކޮންމެ ލޭ ތިއްކަކުން ވެސް ބުނާނީ ގާނޫނާ ހިލާފަށް ހައްޔަރުކޮށްފައިވާ އަބްދުﷲ ގާޒީ މިިނިވަންކޮށް، ޗާޓުގެ ތެރެއަށް ވަނުމަށް. އޭނާ ވިދާޅުވީ އޭނާ އެގޮތަށް ވިދާޅުވުމުން ޖެއްސުން ކުރުމާއި ގޯނާ ކުރުންތައް ކުރިމަތި ވާނެ ކަމަށާއި ނަމަވެސް އެކަމަށް ފަސް ނުޖެހޭނެ ކަމަށް.
22:42

ގާނޫނު އަސާސީގައި އޮންނާނެ ޣައިރު ގާނޫނީ އަމުރަށް ތަބާވާން ނުޖެހޭނެ ކަމަށް. އަދި ސަލާމަތީ ބާރުތަކުގައި ތިބި މީހުންގެ މައްޗަށް ކުރާ ޣައިރު ގާނޫނީ އަމުރަކަށް ކިޔަމަންވެގެން ނުވާނެ ކަމަށް ނަޝީދު ވިދާޅުވި.
22:39

ގާނޫނު ހަދަނީ ގާނޫނަށް ބޯލެނބުމަށް ކަމަށާއި ގާނޫނަށް ބޯލަބަން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވި. ޑިމޮކްރަސީ ހައިޖާނު ބޮޑު ކަންކަމަށް ވެދާނެ. ނަމަވެސް ގާނޫނުތައް ތޮރުފާލާފައި ހިތު ހުރި ގޮތަކަށް ކަންކަން ކޮށްގެން ނުވާނެ ކަމަށް ނަޝީދު ވިދާޅުވި.
22:38

ސުޕްރީމް ކޯޓުގެ އަމުރަށް ރައީސުލްޖުމްހޫރިއްޔާ އަށް ތަބާ ނުވެވެނީ ކީއްވެގެންތޯ ނަޝީދު ސުވާލު ކުރެއްވި އެވެ.
22:33

އަބްދުﷲ ގާޒީ ވެސް ކުށެއްކޮށްފި ނަމަ ގާނޫނާ އެއްގޮތަށް ފިޔަވަޅު ނާޅާށެކޭ ނުދަންނަވަން. ނަމަވެސް މިރާއްޖޭގައި ބޮޑެތި ޖަރީމާތައް ހިންގާ މީހުންނަށް ވެސް ގާނޫނު އަސާސީން ލިބިދޭ ހައްގުތައް ލިބޭ އިރު އަބްދުﷲ ގާޒީ އަށް އެ ހައްގު ނުލިބެނީ އޭނާ ކިހާވަރެއްގެ ކުށެއް ކޮށްގެންތޯ ނަޝީދު ސުވާލު ކުރެއްވި އެވެ.
22:26

ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުތައް އަބްދުﷲ ގާޒީގެ ކިބައިން ވަނީ ނިގުޅައިގެންފައި. އޭނާ ހައްޔަރު ކުރީ ގާނޫނު އަސާސީއާ ގާނޫނާ ހިލާފަށް. ބަންދު ކުރީ ވެސް ގޯސްކޮށް، ކޮންމެ ދުވަހަކު ވެސް ގޯސް ކަމަށް ނަޝީދު ވިދާޅުވި.
22:24

އެހެން މީހުންނެކޭ އެއް އުސޫލުން އަބްދުﷲ ގާޒީ އަށް ވެސް ގާނޫނު އަސާސީން ލިބިގެންވާ ހައްގު ލިބިގެންވޭ.
22:19

މިރޭ ވެސް މުޒާހަރާ ފަށައިގެން ކުރިއަށް އެބަދެ އެވެ. މިރޭގެ މުޒާހަރާގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންފި އެވެ. ނަމަވެސް އެ މަނިކުފާން އަދި ވާހަކައެއް ނުދައްކަވަ އެވެ.