20 Dec 2020, 22:20
ކޮވިޑް 19 އަށް ރާއްޖެއިން މިއަދު އިތުރު 19 މީހުން ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނީ އިއްޔެ ހަވީރު ހަޔަކުން މިއަދު ހަޔަކަށް ކޮވިޑަށް ޓެސްޓްކުރި 3149 ސާމްޕަލްގެ ތެރެއިން 19 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
މިއަދު ފެނުނު 19 ކޭސްގެ ތެރެއިން 10 ކޭސް ފެނިފައިވަނީ މާލެއިންނެވެ. އަދި ހަ ކޭސް ފެނުނީ އަތޮޅު ތަކުންނެވެ. އޭގެ އިތުރުން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ރަށަކުން ދެ މީހަކު އަދި އިންޑަސްޓްރިއަލް ރަށަކުން އެކަކު ވަނީ ޕޮޒިޓިވްވެފައެވެ.
މިއަދު ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ 13،493 އަށް އަރައިފައެވެ.
ކޮވިޑް ޖެހިގެން 12،895 މީހުން ރަނގަޅުވެފައިވާއިރު މިވަގުތު ކޮވިޑް ޖެހިފައިވާ 543 މީހުން އެބަތިއްބެވެ.
ކޮވިޑް ޖެހިގެން މިވަގުތު 44 މީހުންނަށް ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާދެމުންނެވެ.
މިހާތަނަށް ކޮވިޑް ޖެހިގެން 48 މީހުން ވަނީ މަރުވެފައެވެ.
މިއަދު 19 މީހުން ޕޮޒިޓިވްވިއިރު އިއްޔެ 30 މީހުން ރާއްޖެއިން ޕޮޒިޓިިވްވެފައިވެއެވެ.