ޓްރީ ޓޮޕް ހޮސްޕިޓަލުން ކޮންމެ އަހަރަކުވެސް ހިތާނީ ސީޒަނާ ދިމާކޮށް ހިތާނީ ކޭމްޕެއް ބާއްވަ އެވެ. މިއަހަރުގެ ހިތާނީ ކޭމްޕް ފެށީ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.

މިއަހަރުގެ ކޭމްޕާ ދިމާކޮށް ޓްރީ ޓޮޕްއިން ވަނީ އެ ހޮސްޕިޓަލުގެ ހިތާނީ ޕެކޭޖު އިތުރަށް ފުރިހަމަކޮށް، ކޭމްޕްގައި އިސްކޮށް ހަރަކާތްތެރިވާ ޑޮކްޓަރުންގެ އަދަދުވެސް އިތުރުކޮށްފަ އެވެ.

މި އާޓިކަލްގައި މި ހިމަނާލަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިތާނީ ސާޖަރީއާ ގުޅޭގޮތުން އެ ހޮސްޕިޓަލުގެ ކޮންސަލްޓެންޓް ޖެނެރަލް ސާޖަން، ޑރ. ޝައިލޭޝް އަދިކަރީ ދެއްވާފައިވާ އިންޓަވިއު އެވެ.

ޑރ. ޝައިލޭޝްގެ އިންޓަވިއުގައި ހިތާނުކުރުމުގެ މުހިންމުކަމާއި ސިއްހީ ފައިދާތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވާނެ އެވެ.