ފިލްމުފެއާ އޯޓީޓީ 2020 ގެ ގިނަ އެވޯޑުތައް، އެމޭޒަން ޕްރައިމް ވީޑިއޯގެ ޕާތަލް ލޯކް އަދި ދަ ފެމެލީ މޭން އިން އުފުލާލައިފިއެވެ.

ކޮވިޑް19 އާ ގުޅިގެން، އޯޓީޓީ ޕްލެޓްފޯމްތަކަށް މި އަހަރު ކާމިޔާބު އަހަރަކަށް ވެގެން ދިޔައިރު، ފިލްމުފެއާއިން ވަނީ އޯޓީޓީ ޕްލެޓްފޯމްތަކަށް ހާއްސަކޮށް އެވޯޑު ތައާރަފްކޮށްފައެވެ.

ރޭ ނިމިގެން ދިޔަ އެވޯޑުގައި އެންމެ ގިނަ އެވޯޑު ހޯދީ އެމޭޒަން ޕްރައިމްގައި ރިލީޒްކުރި ކްރައިމް ތުރިލާ ޕާތަލް ލޯކް އަދި އެކްޝަން ތުރިލާ ދަ ފެމެލީ މޭން އެވެ. ކޮންމެ ސީރީޒްއަކަށް ވެސް ފަސް އެވޯޑު ލިބުނެވެ.

ޕާތަލް ލޯކް އަށް އަހަރުގެ އެންމެ މޮޅު ސީރީޒްގެ އެވޯޑު ލިބުނުއިރު، އެ ސީރީޒް އިން އަވިނާޝް އަރުން އަދި ޕްރޮސިތު ރޯއީ ވަނީ އެންމެ މޮޅު ޑައިރެކްޝަންގެ އެވޯޑުވެސް ހޯދައިފައެވެ.

އެ ސީރީޒް އިން ޖައިދީޕް އަހްލާވަތު ވަނީ އެންމެ މޮޅު އެކްޓަރުގެ އެވޯޑު ވެސް ހޯދައިފައެވެ. އަދި އެންމެ މޮޅު ސްކްރީންޕްލޭ އާއި އެންމެ މޮޅު އޮރިޖިނަލް ސްޓޯރީގެ އެވޯޑުވެސް އުފުލައިލީ ޕާތަލް ލޯކް އިންނެވެ.

ޕޮޕިއުލާ އެވޯޑުތައް ޕާތަލް ލޯކް އަށް ލިބުނު ނަމަވެސް، ކްރިޓީކުންގެ ފަރާތުން ދޭ އެވޯޑުތައް ގެންދިޔައީ ދަ މަނޯޖް ބާޖްޕާއީގެ ފެމެލީ މޭން އިންނެވެ.

އެގޮތުން ކްރިޓީކުންގެ އެންމެ މޮޅު ސީރީޒް އަދި އެންމެ މޮޅު ޑައިރެކްޝަންގެ އެވޯޑު ވެސް ގެންދިޔައީ އެ ސީރީޒް އިންނެވެ. އަދި ކްރީޓުންގެ ފަރާތުން ހޮވާ އެންމެ މޮޅު އެކްޓަރުންނަށް ހޮވުނީ އެ ސީރީޒް އިން މަނޯޖް ބާޖްޕާއީ އަދި ޕްރިޔާމަނީ އެވެ.

އޭގެ އިތުރުން އެ ސީރީޒް އަށް ވަނީ އެންމެ މޮޅު ޑައިލޮގް ގެ އެވޯޑު ވެސް ލިބިފައެވެ.

ޕާތަލް ލޮކް އަދި ދަ ފެމެލީ މޭންގެ އިތުރުން، ޕްރައިމް ވީޑިއޯގެ ޕަންޗާޔަތު އިން ވެސް ވަނީ ގިނަ އެވޯޑުތަކެއް ހޯދައިފައެވެ.

ފިލްމުފެއާ އެވޯޑު ހޯދި ފަރާތްތައް:

  • އެންމެ މޮޅު ސީރީޒް (ޕޮޕިއުލާ): ޕާތަލް ލޯކް
  • އެންމެ މޮޅު ޑައިރެކްޓަރު (ޕޮޕިއުލާ): އަވިނާޝް އަރުން، ޕްރޮސިތު ރޯއީ (ޕާތަލް ލޯކް)
  • އެންމެ މޮޅު ސީރީޒް (ކްރިޓިކްސް): ދަ ފެމެލީ މޭން
  • އެންމެ މޮޅު ޑައިރެކްޓަރު (ކްރިޓިކްސް): ކްރިޝްނާ ޑީކޭ، ރާޖް ނިދިމޯރޫ (ދަ ފެމެލީ މޭން)
  • އެންމެ މޮޅު އެކްޓަރު (ޕޮޕިއުލާ): ޖައިދީޕް އަހްލާވަތު (ޕާތަލް ލޯކް)، ސުޝްމީތާ ސެން (އާރްޔާ)
  • އެންމެ މޮޅު އެކްޓަރު (ކްރިޓިކްސް): ޕްރިޔާމަނީ، މަނޯޖް ބާޖްޕާއީ (ދަ ފެމެލީ މޭން)
  • އެންމެ މޮޅު އެކްޓަރު ކޮމެޑީ (ޕޮޕިއުލާ): ޖިތެންދަރު ކުމާރު (ޕަންޗާޔަތު)، މިތިލާ ޕާލްކަރް (ލިޓްލް ތިންގްސް ސީޒަން 3)
  • ޅު އެކްޓަރު ކޮމެޑީ (ކްރިޓިކްސް): ދްރޫވް ސޭގަލް (ލިޓްލް ތިންގްސް ސީޒަން 3)، ސުމުކީ ސުރޭޝް (ޕުޝްޕާވަލީ ސީޒަން 2)
  • އެންމެ މޮޅު ސަޕޯޓިން އެކްޓަރުން: އަމިތު ސަދް (ބްރީތު: އިންޓު ދަ ޝެޑޯޒް)، ދިވްޔާ ދައްތާ (ސްޕެޝަލް އޯޕީއެސް)
  • އެންމެ މޮޅު ސަޕޯޓިން އެކްޓަރުން، ކޮމެޑީ: ރަގުބީރް ޔާދަވް، ނީނާ ގުޕްތާ (ޕަންޗާޔަތު)
  • އެންމެ މޮޅު ކޮމެޑީ ސީރީޒް: ޕަންޗާޔަތު
  • އެންމެ މޮޅު އޮރިޖިނަލް ސްޓޯރީ: ޕާތަލް ލޯކް
  • އެންމެ މޮޅު ސްކްރީންޕްލޭ: ޕާތަލް ލޯކް
  • އެންމެ މޮޅު ޑައިލޮގް: ދަ ފެމެލީ މޭން
  • އެންމެ މޮޅު ސިނެމެޓޯގްރަފީ: ސޭކްރެޑް ގޭމްސް 2
  • އެންމެ މޮޅު ޕްރޮޑަކްޝަން ޑިޒައިން: ދަ ފޮގޮޓަން އާމީ - އާޒާދީ ކޭ ލިޔޭ
  • އެންމެ މޮޅު އެޑިޓިން: ސްޕެޝަލް އޯޕީއެސް
  • އެންމެ މޮޅު ކޮސްޓިއުމް ޑިޒައިން: ދަ ފޮގޮޓަން އާމީ - އާޒާދީ ކޭ ލިޔޭ
  • އެންމެ މޮޅު ބެކްގްރައުންޑް މިއުޒިކް: ސޭކްރެޑް ގޭމްސް
  • އެންމެ މޮޅު އޮރިޖިނަލް ސައުންޑްޓްރެކް: ސްޕެޝަލް އޯޕީއެސް
  • އެންމެ މޮޅު ފިލްމު (ވެބް އޮރިޖިނަލް): ރާތު އަކޭލީ ހޭ
  • އެންމެ މޮޅު އެކްޓަރުން (ވެބް އޮރިޖިނަލް): ނަވާޒުއްދީން ސިއްދީގީ (ރާތު އަކޭލީ ހޭ)، ތްރިޕްތީ ދިމްރީ (ބުލްބުލް)
  • އެންމެ މޮޅު ސަޕޯޓިން އެކްޓަރުން (ވެބް އޮރިޖިނަލް): ރާހުލް ބޯސް (ބުލްބުލް)، ސީމާ ޕަހްވާ (ޗިންޓޫ ކާ ބާތްޑޭ)