ރާއްޖޭގެ މާކެޓުގައި އެކި ބްރޭންޑުތަކުގެ މެރިން އިންޖީނާއި އިންޖީނަށް ބޭނުންވާ އެކިއެކި ސާމާނު ފުޅާދާއިރާއެއްގައި ލިބެން ހުރެ އެވެ. އޭގެ ތެރެއިން އެންމެ ކޮލެޓީ ރަނގަޅު އަދި ކަސްޓަމަރުންގެ އިތުބާރު ލިބިފައިވާ ބްރޭންޑުތައް ވިއްކާ އެއް ކުންފުންޏަކީ ޕާރމް ޓްރީ މެރިން އެވެ.

1997 ވަނަ އަހަރުން ފެށިގެން މެރިން ޑީސެލް އިންޖީނާއި ޖަނަރޭޓަރާއި އަދި ސްޕެއަރ ޕާޓްސް، ވިއްކަމުން އަންނަ ކުންފުނިން މިހާރު ވަނީ އޮޑި ދޯނިފަފަހަރަށް ބޭނުންވާ ހުރިހާ ސާމާނެއް ހިމެނޭހެން ވިޔަފާރި ފުޅާކޮށްފައެވެ. އަދި ޕާމްޓްރީ މެރިން އަކީ ޖާމަނީގެ އެމް.އޭ.އެން، އެމެރިކާގެ ޖޯން ޑިއަރ އިންޖީނު، މާސްޓަވޯލްޓް އިންވާރޓަރ ޗާޖަރ، ގާމިން ޖީޕީއެސް އަދި ޔޫކޭގެ ޕާކިންސް މެރިން ޖަނަރޭޓަރ ފަދަ ކޮލެޓީ ރަނގަޅު ބްރޭންޑުތަކުގެ ރާއްޖޭގެ އޮތޯރައިޒްޑް ޑިސްޓްރިބިއުޓަރ އެވެ.

"އަޅުގަނޑުމެން އެންމެ ބޮޑު އެއް އިސްކަމެއް ދެނީ ކޮންމެ ކޮންމެ ބްރޭންޑެއް ގެނެސްގެން ވިއްކުމުގެ ބަދަލުގައި ޕްރިމިއަމް، ހައި ކޮލެޓީ ބްރޭންޑްތަކަށް. ޕާމް ޓްރީ މެރިންއިން ލިބެން ހުރި ޕްރޮޑަކްޓްސްއަކީ މި ދެންނެވި ކޮލެޓީގެ ބްރޭންޑްތައް. މިހާރު އޮޑި ދޯނިފަހަރަށް ބޭނުންވާ ހުރިހާ ސާމާނެއް މިތަނުން ލިބޭނެ." ޕާމް ޓްރީގެ ޒުވާން ޑިރެކްޓަރު ގައްސާން އާތިފް ވިދާޅުވި އެވެ.

ކޮލެޓީ ރަނގަޅު ޕްރޮޑަކްޓްސްގެ އިތުރުން މިތަކެތި މަރާމާތުކުރަން ބޭނުންކުރާ ޓޫލްސް ޕާމް ޓްރީ މެރިންއިން ލިބެން ހުންނާނެ އެވެ. ޕާމް ޓްރީ މެރިންއިން ވިއްކާ ފޯސް ބްރޭންޑުގެ މެކޭނިކަލް ޓޫލްސްއަކީ މިހާރުވެސް ރާއްޖޭގައި އެެއްމެ އިތުބާރު ހިފޭ ޓޫލްސްތަކެކެވެ.

މީގެ އިތުރުން ޕާމް ޓްރީ މެރިންއިން ގަންނަ އިންޖީނާއި އެހެނިހެން ތަކެއްޗަށް މެއިންޓަނެންސްއާއި އާފްޓާ ސޭލްސް ސާވިސްގެ ހިދުމަތް ވެސް އެކުންފުނިން ފޯރުކޮށްދެ އެވެ. އެގޮތުން އިންސްޓޮލޭޝަންއާއި މެއިންޓަނަންސް ހިދުމަތްތަކާއި އޯވަހޯލް އަދި މެރިން އިލެކްޓްރޯނިކް ސާވިސަސް ފަދަ ހިދުމަތްތައްވެސް ޕާމް ޓްރީ މެރިންއިން ކަސްޓަމަރުންނަށް ފޯރުކޮށްދެ އެވެ.

ޕާމް ޓްރީ މެރިންއަށް 25 އަހަރު ފުރެން ކައިރިވެފައިވާއިރު، އެކުންފުނީގެ އޮޕަރޭޝަންތައް ފުޅާކުރުމަށްޓަކައި މުޅިން އައު ޝޯރޫމްއަކަށް މިއަހަރުގެ ތެރޭގައި ވަނީ ރީލޮކޭޓްވެސް ކޮށްފަ އެވެ. މިހާރު ޕާމް ޓްރީ މެރިންއަކީ އެއް ފުރާޅެއްގެ ދަށުން އޮޑިދޯނިފަހަރަށް ބޭނުންވާ، އެންމެ ރަނގަޅު ކޮލެޓީގެ އިތުބާރު ހިފޭ ބްރޭންޑުތަކުގެ މުދާ ލިބޭ ތަނެކެވެ.

ޕާމް ޓްރީގެ އައު ޝޯރޫމް ހުންނާނީ މުރަނގަ މަގުގަ އެވެ. ޝޯރޫމް ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 - 12:00، މެންދުރު 1:30 - 6:00އަށް އަދި ރޭގަނޑު 8:00 – 10:00 އާއި ހަމައަށެވެ.

ޝޯރޫމްގެ ނަންބަރު ފޯނު ނަމްބަރ 3312978 އަށް ގުޅައިގެން ނުވަތަ ޕާމް ޓްރީ މެރިންގެވެބްސައިޓުންވެސް އެކުންފުނިން ވިއްކާ ޕްރޮޑަކްޓްސްގެ މައުލޫމާތު ބަލައިލެވޭނެ އެވެ