20 Dec 2020, 08:32
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް އިން އެކުންފުނީގެ ސެލްފް ސާވިސް ޑެލިވަރީ ސްޓޭޝަން ކަމަށްވާ "ޕިކްޕޯސްޓު"ގެ ސްޓޭޝަނެއް ގްރޭޓާ މާލޭ ބަސް ޓާމިނަލްގައި ހުޅުވައިފި އެވެ.
ޕޯސްޓް މެއިލް ޑެލިވަރީގެ ނިޒާމު އިތުރަށް ތަރައްގީކޮށް ޒަމާނީ ކުރުމުގެ ގޮތުން އަލަށް ތައާރަފުކުރި ޕިކްޕޯސްޓާއެކު ޖުމްލަ ޕިކްޕޯސްޓު ސްޓޭޝަންގެ އަދަދު ވަނީ މިހާރު ހަތަރަކަށް އަރާފައި ކަމަށް ޕޯސްޓުން ބުނެ އެވެ.
މޯލްޑިވްސް ޕޯސްޓް އިން ބުނިގޮތުގައި ޕިކްޕޯސްޓުގެ ހިދުމަތަކީ ރައްކާތެރިކަމާއި އިތުބާރާއެކު ޕޯސްޓަލް ޕެކޭޖް ރައްދުކުރުމަށްޓަކައި ގާއިމުކޮށްފައިވާ ސެލްފް ސާވިސް ސްޓޭޝަންތަކެއް ކަމަށެވެ.

ގްރޭޓާ މާލެ ބަސް ޓާމިނަލްގައި ގާއިމްކޮށްފައިވާ ޕިކްޕޯސްޓް ސްޓޭޝަން -- ފޮޓޯ/ ޕޯސްޓް
ޕިކްޕޯސްޓުގެ ހިދުމަތް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު ރާއްޖެއަށް ވަންނަ މެއިލްގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަން ކަމަށް ޕޯސްޓުން ބުންޏެވެ.
ގިނަ ރައްޔިތުންގެ ޕޯސްޓުގެ ހިދުމަތް ބޭނުންކުރާތީ އާންމުންގެ ބޭނުމާ އެއްގޮތަށް ހިދުމަތް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ. އެގޮތުން މާލޭގެ އިތުރު ދެ ސަރަހައްދެއްގައި ޕިކްޕޯސްޓުގެ ހިދުމަތް ތައާރަފުކުރުމަށްޓަކައި މަސައްކަތް ކުރަމުން ގެންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ގްރޭޓާ މާލެ ބަސް ޓާމިނަލްގައި ގާއިމްކޮށްފައިވާ ޕިކްޕޯސްޓް ސްޓޭޝަން -- ފޮޓޯ/ ޕޯސްޓް
ގްރޭޓާ މާލޭ ޓާމިނަލްގެ އިތުރުން ދެން ޕިކްޕޯސްޓު ސްޓޭޝަން ހުންނާނީ ވެލާނާގެ އާއި ޕޯސްޓް އޮފީސްގެ އިތުރުން ހުޅުމާލޭގަ އެވެ.