19 Dec 2020, 17:48
މާލެއިން އެހެން ރަށަކޮށް ގޮސް ހަފްލާ އެއްގައި ނުވަތަ ރަސްމިއްޔާތެއްގައި ބައިވެރިވާނަމަ އެޗްޕީއޭ ނުވަތަ ފުލުހުންގެ ހުއްދަ ލިޔުމުން ހޯދަން ޖެހޭނެ ކަމަށް ބުނެފިއެވެ.
އެޗްޕީއޭ އިން މިއަދު އާންމު ކުރި އުސޫލުގައި ބުނީ މާލެއިން އެހެން ރަށަކަށް ގޮސް ހަފްލާތަކާއި ރަސްމިއްޔާތުތަކުގައި ބައިވެރިވާން އެދޭ ހުއްދައަށް އެދުމުން އެ އިރެއްގައި ރަށްރަށަށް ދަތުރުކުރުމަށް ހެދިފައި އޮންނަ އުސޫލާ އެއްގޮތަށް ހުއްދަ ދޭނެ ކަމަށެވެ.
މީގެ އިތުރުން ރިސޯޓަކުން ނުވަތަ ގެސްޓްހައުސް ހިންގާ ރަށަކުން ނުވަތަ ސިނާއީ މަސައްކަތް ކުރާ ރަށަކުން ގެސްޓްހައުސް ނުހިންގާ ރަށަކަށް ގޮސް ބައްދަލުވުންތަކާއި ރަސްމިއްޔާތުތަކުގައި ބައިވެރިވާނަމަ، އެރަށެއްގެ ކައުންސިލުން ހުއްދަ ހޯދަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ. އަދި ގެސްޓްހައުސް ނުހިންގާ ރަށަކުން ގެސްޓްހައުސް ހިންގާ ރަށަކަށް އަދި ރިސޯތު ނުވަތަ އިންޑަސްޓްރިއަލް ރަށަކަށް ގސް ހަފްލާ، ބައްދަލުވުން ނުވަތަ ރަސްމިއްޔާތެއްގައި ބައިވެރިވާނަމަ، ގެސްޓްހައުސް ނުހިންގާ ރަށުގެ ކައުންސިލުން ހުއްދަ ހޯދަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.
އެކަމަކު ގެސްޓްހައުސް ނުހިންގާ ރަށްރަށުގެ މެދުގައި ބާއްވާ ހަފްލާ، ބައްދަލުވުން އަދި ރަސްމިއްޔާތުތަކުގައި ބައިވެރިވުމަށް މި ހުއްދަ ބޭނުމެއް ނުވާނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.
އަދި ރަސްމިއްޔާތަށްދާ ފަރާތަށް މަރުހަބާ ކިޔުމަށް ނިކުންނަ ނަމަ ތިްނ ފޫޓުގެެ ދުރުމިން ބެހެއްޓުމަށާއި އަތް ޖޯޑުކޮށް ސަލާމް ނުކުރުމަށާއި މާސްކު އެޅުމަށް އެ އުސޫލު ބުނެއެވެ.
އަދި ަށެއްގައި މަޑުކުރަންޖެހޭ ހާލަތެއްގައި މީހުން ދިރިއުޅޭ ގޭގެއާއި ވަކިން ހުންނަ ތަނެއްގައި ހުރުމަށާއި އެފަދަ ތަނެއް ނެތްނަމަ ގެއެއްގައި ހުންނަންވާނީ ވަކިން ކޮޓަރިއެއްގައި ކަމަށާއި ގޭގައި އުޅޭ އެހެންމީހުންނާ އެކު އެއްވެ، ކައިބޮއި ނުހެދުމަށް އުސޫލު ބުނެއެވެ.
އަދި ކެފޭ ރެސްޓޯރެންޓަށް ދިޔުމުގެ ބަދަލުގައި ޓޭކްއަވޭ/ ޑެލިވަރީ ހެދުމަށާއި ރެސްޓޯރެންޓަށް ދާންޖެހުނަސް މީހުންނަޢި ވަކިން އައުޓްޑޯގައި ތިބުމަށް އެ އުސޫލު ބުނެއެވެ.
މި އުސޫލުގައި ބުނާގޮތުން ހަފްލާތަކާއި ރަސްމިއްޔާތުތަކުގައ ކެއުމުގެ އިންތިޒާމު ހަމަޖައްސައިގެން ނުވާނެއެވެ.
މާލެ އިން ރަށްރަށަށް ހަފްލާތަކާއި ހާއްސަ އިވެންޓުތަކަށް ދާނަމަ މިހާރު ކޮވިޑް ޓެސްޓު ހަދާކަށް ނުޖެހެއެވެ، ހާއްސަ ހުއްދަ އަކާއި ދެވޭނެއެވެ. އަދި މާލެއިން ރިސޯޓުތަކަށް ދާނަމަ 72 ގަޑިއިރު ހަމަނުުވާ ޕީސީއާރު ނެގެޓިވް ރެޒަލްޓަކާއެކު ދެވޭނެއެވެ.