19 Dec 2020, 09:05
މިދިޔަ އޮކްޓޯބަރު މަހު މިއުޒިޝަން ރޯހަންޕްރީތު ސިންގް،24، އާ ކައިވެނިކުރި ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނެހާ ކައްކަރު،32، އަލަތު ދަރިފުޅަށް ބަލިވެ އިން ކަން ހާމަކޮށްފި އެވެ.
އިންސްޓަގްރާމްގައި އޭނާ ހިއްސާކުރި ފޮޓޯ އިން ފެންނަނީ ނެހާގެ ބަނޑުބޮޑުކަމެވެ. އަދި އެ ފޮޓޯގެ ކެޕްޝަނުގައި ނެހާ ޖެހީ ރޯހަން ވަރަށް އޯގާތެެރި ކަމަށެވެ. ސޮނީ ޓީވީގެ "އިންޑިއަން އައިޑޮލް" ސީޒަން 12ގެ ޖަޖުކަން ކުރަމުން އަންނަ ނެހާ އިންސްޓާގައި ރޯހަން އާއެކު ހިއްސާކުރި ފޮޓޯއަށް ގިނަ ބަޔަކު އަންނަނީ މަރުހަބާ ކިޔަމުންނެވެ. ނޭހާގެ ބޭބެ ލަވަކިޔުންތެރިޔާ ޓޯނީ ކައްކަރް ވެސް ވަނީ ބޮޑުބޭބެއަކަށް ވާން އުޅޭކަން ކަށަވަރުކޮށްދީފަ އެވެ.
ދެތަރިން ކައިވެނިކުރީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މާގިނަ ދުވަސްތަކެއް ނުވަނީސްއެވެ. ނެހާ ބުނީ ރޯހަން ދެކެ ލޯބިވެވުނީ ފުރަތަމަ ނަޒަރުން ކަމަށާއި ފިރިއެއްގެ ގައިގައި ހުންނަން ޖެހޭ ހުރިހާ ސިފަތަކެއް ރަޯހަންގެ ކިބައިގައި ހުންނަ ކަމަށެވެ.