19 Dec 2020, 09:38
ދުވަސްވީ ލޯބިވެރިޔާ ނަތާޝާ ދަލާލް ސެޓުކުރީ ވަރަށް ހާލުން ކަމަށް ބޮލީވުޑްގެ އެކްޓަރު ވަރުން ދަވަން ބުނެފި އެވެ.
ވަރުން ބުނީ ނަތާޝާ އޭނައަށް އެންމެ ފުރަތަމަ ފެނުނީ ހަ ވަނަ ގުރޭޑުން ކަމަށާއި 12 ވަނަ ގުރޭޑު ނިމެންދެން ދެ މީހުން ތިބީ އެކުވެރި ދެ ރަހުމަތްތެރިންގެ ގޮތުގައި ކަމަށެވެ. ކޫލީ ނަންބަރު 1ގެ އެކްޓަރު ވަރުން ނަތާޝާ ދެކެ ލޯބިވި ވަގުތު ސިފަކޮށްދެމުން ބުނީ އެއީ ބާސްކެޓްބޯލް ޕްރެކްޓިސް އޮތް ދުވަހެއް ކަމަށެވެ. އެ ދުވަހު ޕްރެކްޓޮސް ނިންމާލުމަށްފަހު ދަނިކޮށް ނަތާޝާ ހިނގާލާފައި ދާތަން ފެނުމުން އޭނާ އަށް ގޮތްތަކެއްވި ކަމަށާއި އެ ދުވަހު އޭނާ ދެކެ ލޯބިވާކަން ހާމަވިކަމަށެވެ.
"އަހަރެން ލޯބި ހުށައެޅުމުން ނަތާޝާ އަހަރެން ތިން ހަތަރު ފަހަރަކު ރިޖެކްޓްކުރި. އެކަމަކު އަހަރެން އުންމީދު ކަނޑައެއް ނުލަން،"
ވަރުން އާއި ނަތާޝާ މިހާރު އަންނަނީ ކައިވެންޏަށް ތައްޔާރުވަމުންނެވެ. މި އަހަރު މެއި މަހު ދެމީހުން ކައިވެނިކުރަން ނިންމި ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާ ހެދި ކައިވެނި ވަކި މުއްދަތެއް ނެތްގޮތަކަށް ފަސްކުރީ އެވެ.