ދެހާސް ސަތާރަ ވަނަ އަހަރު ރީތީގެ ރާނީއަށް ހޮވުނު ތަރި މަނޫޝީ ޗިއްލަރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

ބޮލީވުޑްގެ ފިލްމަކަށް މިހާރު ސޮއިކޮށްފައިވާ މަނޫޝީ ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން އަންނަނީ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައުގެ ހިތްގައިމު މާހައުލުގަ އެވެ. އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު މަނޫޝީ ވަނީ ރިސޯޓުގައި އޭނާ ނަގާފައިވާ ހިތްގައިމު ފޮޓޯތަކެއް އިންޓަގްރާމްގައި ހިއްސާކޮށްފަ އެވެ.

މިހާރު ވެސް ބޮލީވުޑްގެ ދެ ފިލްމަކަށް މަނޫޝީ ސޮއިކޮށްފައިވާއިރު އަންނަ އަހަރު ބޮޑު ސްކްރީނުން އޭނާ އެންމެ ފުރަތަމަ ފެންނާނީ އަކްޝޭ ކުމާރު އާއެކު "ޕްރިތުވީރާޖް" އިންނެވެ. އެ ފިލްމަށް ފަހު އޭނާ ފެންނާނީ ވިކީ ކޯޝަލް އާއެކުގަ އެވެ. މަނޫޝީ އަކީ މިހާރު ވެސް މަޝްހޫރު ބްރޭންޑްތައް އިސްތިހާރުކޮށްދޭ ތަރިއެކެވެ.