ސްޓާޕްލަސްގެ އެންމެ ގިނަ ދުވަސްވީ ހިންދީ ޑްރާމާ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާ ތާ ހޭ" އަށް އަލުން އަކްޝަރާ ކެރެކްޓަރު ގެންނަން ނިންމައިފި އެވެ.

މީގެ ހަތަރު އަހަރު ކުރިން ހީނާ ޚާން އަކްޝަރާގެ ކެރެކްޓާ ދޫކޮށްލާފައިވާއިރު އަލުން އެ ކެރެކްޓާ އާ އެކުވެސް ބައްދަލުކުރާނީ އަކްޝަ ރާއެވެ. އާ އަހަރާ ދިމާކޮށް ގެނެސްދޭ އެޕިސޯޑްތަކަކުން އަކްޝަރާގެ ކެރެކްޓާ ފެނިގެންދާއިރު ހީނާ ބުނީ އެނބުރި މި އަންނަނީ ބެލުންތެރިންގެ ހިތްތައް އަތުލަން ކަމަށެވެ.

ހީނާ ބުނީ އަކްޝަރާ ކެރެކްޓާއަކީ އޭނާ ވަރަށް ބުރަ މަސައްކަތް ކުރި ރޯލެއް ކަމަށާއި ޖިސްމު ގުރުބާންކުރި ވަރުގަދަ ކެރެކްޓާއެއް ކަމަށެވެ. އަދި ހަތަރު އަހަރު ފަހުން އަނެއްކާވެސް އެނބުރި އަންނަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށްވެސް ހީނާ ބުންޏެވެ.

އެ ޝޯ ދޫކޮށްލި ފަހުން ހީނާ ވަނީ ބިގް ބޮސް" ގެ 11 ވަނަ ސީޒަނުގައި ވެސް ބައިވެރިވެފައެވެ. އަދި "ކަސޯޓީ ޒިންދަކީ ކޭ 2" ގެ ކޮމޯލިކާ ގެ ރޯލުން ވެސް ހީނާ ވަނީ ފެނިފަ އެވެ.

ދެހާސް ނުވަވަނަ އަހަރު ދައްކަން ފެށި "ޔޭ ރިޝްތާ ކިޔާ ކެހެލާ ތާ ހޭ" ގެ 3000 އަށްވުރެ ގިނަ އެޕިސޯޑް ވަނީ ދައްކާފަ އެވެ.