ފާއިތުވި 24 ގަޑިއިރު ތެރޭ ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވީ 16 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބަށް ބަލާއިރު ފާއިތުވި 24 ގަޑިއިރު ތެރޭ ރާއްޖޭގައި 3،171 ސާމްޕަލް އެއް ކޮވިޑް19 އަށް ޓެސްޓުކޮށްފައިވެއެވެ. އޭގެ ތެރެއިން ޕޮޒިޓިވްވީ މާލެ ސަރަހައްދުން 11 މީހަކާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުން އެކަކުން އަދި ލިވަބޯޑުތަކުން ހަތަރު މީހެކެވެ.

އެއާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 13،418 އަށް އަރައިފައެވެ.

ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަކީ 12،828 އެވެ. މިދިޔަ 24 ގަޑިއރު ތެރޭ 26 މީހަކު ބަލިިން ރަނަގަޅުވެފައި ވެއެވެ.

ހޮސްޕިޓަލުތަކުގައި 48 މީހަކު ފަރުވާ ހޯދަމުންދާއިރު މިވަގުތު ޖުމްލަ 535 މީހުން ބައްޔަށް ފަރުވާ ހޯދަމުން އެބަދެއެވެ.

މި ބަލީގައި މިހާތަނަށް 48 މީހަކު ރާއްޖޭގައި މަރުވެފައި ވެއެވެ.