18 Dec 2020, 10:34
ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޓެލް ޗެއިން، ހިލްޓަން އިން ފަތުރުވެރިންނަށް ހިދުމަތް ދޭން އެއް މިލިއަން ކޮޓަރި ހުޅުވައިފި އެވެ.
ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާތާ 101 އަހަރުވެފައިވާ ހިލްޓަން އިން ވަނީ މި ފަހުން ޗައިނާ އާއި ސައުތު އެފްރިކާ އަދި އެމެރިކާގައި އެ ކުންފުނީގެ އާ ތިން ހޮޓާ ހުޅުވައިފަ އެވެ. ހިލްޓަންގެ ދަށުން 18 ބްރޭންޑެއްގެ ހޮޓާ/ރިސޯޓު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަ އެވެ.
އެގޮތުން 118 ގައުމެއްގައި ހިލްޓަންގެ 6،300 ޕްރޮޕަޓީ އެބަހުއްޓެވެ.
ހިލްޓަން ކުންފުނީގެ ރައިސް އަދި ސީއީއޯ ކްރިސް ނަސެޓާ ވިދާޅުވީ މުޅި ދުނިޔެވެސް ބޮޑު ބަލިމަޑުކަމެއްގައި އޮތް 2020 ވަނަ އަހަރު، އެކުންފުންޏަށް ލިބުނު ކާމިޔާބީ އަކީ އުފަލެއް ކަމަށެވެ. އޭނާވަނީ ކުންފުނީގެ މުވައްޒަފުންނާއި ވެރިންގެ މަސައްކަތް ފާހަގަކުރައްވައިފަ އެވެ.
ހިލްޓަން އާއ އެންމެ ވާދަވެރި އެއް ހޮޓެލް ޗެއިން މެރިއޮޓް އިން 1.38 މިލިއަން ޓޫރިސްޓް ރޫމް އޮޕަރޭޓު ކުރެ އެވެ.