16 Dec 2020, 10:41
އެމްއެންޑީއެފް ނޮދަން އޭރިއާގެ މައި މަރުކަޒު ހުންނަ ޅ.މާފިފިލާފުށީގައި ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ އެހީތެރިކަމާއެކު އެގެޒެކެޓިވް ބުލޮކެއް އެޅުމަށް ބިންގާ އަޅައިފި އެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗަމްޕާ މުހަހައްމަދު މޫސާ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވަނީ ސިފައިންގެ އެކިއެކި ކަންކަމަށް ޗަމްޕާ މުހައްމަދު މޫސާ، ވެދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި އެންމެހާ ސިފައިންގެ ނަމުގައި ޗަމްޕާ މުހައްމަދު މޫސާ އަށްޝުކުރު އަދާކުރައްވައިފަ އެވެ.
މާފިލާފުށީގައި އަޅާ އެގްޒެކެޓިވް ބްލޮކްގައި ހަ ކޮޓަރި ހިމެނޭނެ އެވެ. އެ އިމާރާތުގެ ހުރިހާ ހަރަދެއް ކުރައްވާނީ ޗަމްޕާ މުހައްމަދު މޫސާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.