އެންވަޔަރަމެންޓަލް ޕޮރޮޓެކްޝަން އެޖެންސީގެ ބިއްލޫރިގަނޑު ތަޅާލައިފި އެވެ.

ފުލުހުން ބުނީ އީޕީއޭގެ ބިއްލޫރިގަނޑު ތަޅާލިކަން ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 7:45 ހާއިރު ކަމަށެވެ.

އިއްޒުއްދީން މަގަށްވާ ގޮތަށް ހުރި ދޮރުގެ ބިއްލޫރިގަނޑު ތަޅާލާފައި ވަނީ ކޮންއެއްޗަކުން ޖަހާ ކަމެއް ސާފުނުވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ ބިއްލޫރިގަނޑު ތަޅާލުމުގެ އިތުރުން އެ އޮފީހަށް އިތުރުގެއްލުމެއް ދީފައި ހުރިތޯ ބަލަމުން އަންނަ ކަމަށެވެ.

ފަހަކަށް އައިސް ބިއްލޫރި ޖަހާފައި ހުންނަ ފިހާރަތަކާ ގޭގެ އަށްދޭ ހަމަލަ ދޭ ވަނީ އިތުރުވެފަ އެވެ.