މިއަދު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 13 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ކޮވިޑް19ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އިއްޔެ 18:00އިން މިއަދު 18:00 އަށް 2،754 ސާމްޕަލް ވަނީ ނަގާފަ އެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ހަތް މީހުންނަކީ މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު 13،392 އަށް ވަނީ އަރާފައެވެ.

ކޮވިޑް-19 ޖެހި އެ ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 12،760 އެވެ. އޭގެ ތެރެއިން މިއަދު ކޮވިޑް-19 ބަލިން ރަނގަޅު ވެފައިވަނީ 29 މީހުންނެވެ.

މިހާތަނަށް ބަލީގައި މަރުވި މީހުންގެ އަދަދަކީ 48 އެވެ.