އޮސްކާ އެވޯޑް ހާސިލްކުރި ޑައިރެކްޓަރު ރެސުލް ޕޫކްޓީ ޑައިރެކްޓްކޮށް އާލިއާ ބަޓް ލީޑު ރޯލުން ފެނިގެންދާ ފިލްމުގެ ނަން އިއުލާންކޮށްފި އެވެ.

އިންޑިއާ އާއި ޗައިނާގެ ކޯޅުންގަނޑެއްގެ މައްޗަށް ބިނާކޮށް އުފައްދާ އެ ފިލްމުގެ ނަމަކީ "ޕިހާރްވާ" އެވެ. ހަނގުރާމައިގެ މައިދާނުން އާލިއާ ފެނިގެންދާ މި ފިލްމުގެ ބަތަލުގެ ރޯލުން ފެންނާނެ ތަރިއެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. ފިލްމު ރަސްމީކޮށް އިއުލާން ކުރިި ނަމަވެސް މި ފިލްމުގެ ޝޫޓިން ފަށާނެ ތާރީހެއް އަދި އިއުލާނެެއް ނުކުރެ އެވެ. މި ފިލްމަކީ އެ ހަނގުރާމައިގައި މަރުވި އިންޑިއާގެ ގައުމީ ބަތަލު ބާބާ ހަރްބަޖަން ސިންގްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

ބަތަލާ އާލިއާ އަތުގައި މިހާރުވެސް ތިން ފިލްމެއް އެބައޮތެވެ. އެއީ އާރުއާރުއާރު" އާއި ސަންޖޭ ލީލާ ބަންސާލީގެ "ގަންގްބާއީ ކަތިއަވާޅީ"ގެ އިތުރުން ލޯބިވެރިޔާ ރަންބީރު އާއެކު ފެނިގެންދާ ފިލްމު "ބުރައްމަސްތުރާ" އެވެ.

އާލިއާ އެންމެ ފަހުން ފެނިގެންދިޔައީ އަދިތްޔާ ރޯއީ ކަޕޫރާ ސަންޖޭ ދަތު އާއެކު ފިލްމު "ސަޅަކް2" އިންނެވެ.