މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުން އާބިޓްރޭޝަންގެ ހިދުމަތްތައް ރަސްމީކޮށް ފޯރުކޮށްދޭން ފަށައިފި އެވެ.

އާބިޓްރޭޝަން ސެންޓަރުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިއަދުން ފެށިގެން އެ ސެންޓަރުގެ ވެބްސައިޓު މެދުވެރިކޮށް މައްސަލަ ހުށަހެޅޭނެ ކަމަށެވެ.

މައްސަލަ ހުށަހަޅާނީhttps://miac.gov.mv/case-regމެދުވެރިކޮށެވެ.

އޭގެ އިތުރުން، ވާޗުއަލް ހިދުމަތްތަކާއެކު އެކު އާބިޓްރަލް ޕްރޮސީޑިން ކުރިއަށް ގެންދިއުމުގެ އިހްތިޔާރު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބޭނެ ކަމަށެވެ. އަދި ވާޗުއަލް ހިދުމަތް ތައާރަފްކުރުމުން، ވީހާވެސް ގިނަ ބަޔަކަށް އެ ސެންޓަރުގެ ހިދުމަތް ލިބުމަށް މަގުފަހިވެގެން ދާނެ ކަމަށް ވެސް އެ ސެންޓަރުން ބުންޏެވެ.

އެ ސެންޓަރުގެ މަސައްކަތް އަމަލީ ގޮތުން ފެށީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ. އޭގެ ފަހުން ކަމުގެ ތަޖުރިބާކާރު އާބިޓްރޭޓަރުންގެ ދަފްތަރެއް އެކުލަވާލުމާއި ކޭސް މެނޭޖްމަންޓް ޕޯޓަލް އެއް ގާއިމުކުރުމާއި އެ ސެންޓަރުގެ އާބިޓްރޭޝަން ރޫލްސް ވަނީ ޝާއިއުކޮށްފަ އެވެ.