14 Dec 2020, 12:06
ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އަޖޭ ދޭވްގަން ޑައިރެކްޓްކުރާ “މޭޑޭ”ގެ ޝޫޓިން ފަށައި ފިލްމު ރިލީޒްކުރާ ތާރީޚު އިއުލާންކޮށްފި އެވެ.
ހައިދަރުއާބާދުގައި ފިލްމުގެ ޝޫޓިން ފެށި އިރު މި ފިލްމަކީ އަޖޭ މުހިއްމު ރޯލަކުން ފެނިގެންދާނެ ފިލްމެކެވެ. އަމީތާބް ބައްޗަން އާ ރާކުލް ޕްރީތު ވެސް މުހިއްމު ރޯލުތަކުން ފެނިގެންދާ މި ފިލްމު ރިލީޒްކުރާނީ 2022 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 29 ވަނަ ދުވަހު އެވެ.
އެކްޓަރު އަޖޭ އެންމެ ފަހުން ޑައިރެކްޓްކުރީ 2016 ވަނަ އަހަރު ނެރުނު "ޝިވާއޭ" އެވެ. އެ ފިލްމަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފަ އެވެ. ފިލްމުގެ މުހިއްމު ރޯލަކުން އަޖޭވެސް ފެނިގެންދާއިރު ފިލްމުގައި އޭނާ ކުޅޭނީ ޕައިލެޓެއްގެ ރޯލެވެ.