14 Dec 2020, 10:07
ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފް ލީޑު ރޯލުން ފެނިގެންދާ ފިލްމު "ފޯނު ބޫތު"ގެ ޝޫޓިން ފަށައިފި އެވެ.
ގުމްރީތު ސިންހް ޑައިރެކްޓްކުރާ މި ފިލްމުގައި ކެޓްރީނާ އާއެކު ފިރިހެން ލީޑުން ފެނިގެންދާނީ އިޝާން ޚައްތަރު އާއި ސިދާންތު ޗަތުރަވޭދީ އެވެ. އެކްސެލް އެންޓަޓެއިންމަންޓުން ޕްރޮޑިއުސްކޮށް ގެނެސްދޭ ފޯނު ބޫތަކީ ހޮރޯ ކޮމެޑީ ޖޯންރާ އަށް ބިނާކޮށް ތައްޔާރުކުރާ ފިލްމެކެވެ.
އެކްޓަރު އިޝާން ބޮލީވުޑަށް ތައާރަފްވީ ޖާންވީ ކަޕޫރާއެކު ފިލްމު ދަޅަކް އިންނެވެ. އޭނާއަކީ ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ޝާހިދު ކަޕޫރުގެ އެއްބަނޑު ކޮއްކޮވެސްމެ އެވެ. ސިދާންތު ބޮލީވުޑަށް ތައާރަފްވީ ރަންވީރު ސިންހް އާއި އާލިއާ ބަޓް އާއެކު ފިލްމު ގަލީ ބޯއީ އިންނެވެ. މި ފިލްމަކީ ކެޓުރީނާ އާއި އިޝާން އަދި ސިދާންތު އެކުގައި ސްކްރީނުން ފެނިގެންދާނެ ފުރަތަމަ ފިލްމެވެ.