ޝާހްރުކް ޚާން އާއެކު ފިލްމު "ރައީސް" އިން ފެނުނު ބަތަލާ މާހިރާ ޚާނަ ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

ބޮލީވުޑް ފިލްމުތަކުން މަދުން ނަމަވެސް ފެނިގެންދާ ބަތަލާ މާހިރާއަށް ކޮވިޑް ޖެހުނުކަން ހާމަކުރަމުން އޭނާ ބުނީ މިވަގުތު އޭނާ ހުރީ އައިސޮލޭޝަންގަައި ކަމަަށާއި އޭނާ އާ ޑައިރެކްޓްވި ކޮންޓެކްޓުން ވެސް އެކަން ސަމާލުކަށް ގެނެސްފައިވާ ކަމަށެވެ.

ޕާކިސްތާނު ފިލްމު އިންޑަސްޓްރީގެ މަގްބޫލު ބަތަލާ މާހިރާ ވަނީ ދާދިފަހުން ފަވާދު ޚާން އާ އެކު ފިލްމެއްގެ ޝޫޓިންގައި ބައިވެރިވެފަ އެވެ. މާހިރާ ބުނީ ބަލިން އަވަހަށް ސަލާމަތްވެގެން އެނބުރި އަންނާނެ ކަމަށާއި ހުރިހާ އެންމެންނަށްވެސް މާސްކް އެޅުމަށް ހަނދާންކޮށްދޭ ކަމަަށެވެ.

ލަފާކުރެވޭ ގޮތުގައި އޭނާއަށް ކޮވިޑް ޖެހުނީ “ނީލޯފަރު”ގެ ޝޫޓިން ތެރެއިންނެވެ.