ސިނަމާލެ ފުލެޓް ކައިރިން ބިދޭސީ އަކަށް ތޫނު އެއްޗަކުން ހަމަލަދީ ޒަޚަމްކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ އެމީހާ އަށް ހަމަލާދީފައި ވަނީ މިރޭ 11:35 ހާކަންހިރު ސިނަމާލެ ފުލެޓް ގަލޮޅު ކެލަމް ކައިރިން ކަމަށެވެ. އަދި މިހާރު އޭނާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ޒީނަތު އަލީ ހަބީބް ވިދާޅުވީ ޒަޚަމްވި މީހާ އަށް އެމަޖެންސީރޫމްގައި ފަރުވާ ދެމުން އަންނާތީ މިވަގުތު އިތުރ ތަފުސީލު ދެވެން ނެތް ކަމަށެވެ.

މަންޒަރު ދުށް މީހަކު ބުނީ ބިދޭސީ މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދިނީ ބައިސްކަލުގައި ދަނިކޮށް ކަމަށެެވެ. އަދި ހަމަލާދިނީ ކުޑަ ފިރިހެން ކުއްޖެއް ކަމަށް ވެސް މަންޒަރު ދުށް މީހާ ބުންޏެވެ.