އެމެރިކާގެ މަޝްހޫރު ކޮމީޑިއަން އަދި ޓޯކްޝޯ ހޯސްޓް އެލެން ޑިޖެނެރެސް ކޮވިޑަށް ޕޮޒިޓިވްވެއްޖެކަން ހާމަކޮށްފި އެވެ.

އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ އެލެން އަށް ކޮވިޑް ޖެހުނު ކަން ހާމަކުރަމުން އޭނާ ކުރި ޓްވީޓެއްގައި ބުނީ އޭނާގެ ހާލު ސީރިއަސް ނޫންކަމަށާއި މިވަގުތު އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

އެލެން ބުނީ އޭނާ އާ ޑައިރެކްޓްކޮށް ކޮންޓެކްޓްވި މީހުން ޓެސްޓްކުރުން މުހިއްމުކަމަށާއި އަދި އެމީހުންގެ ސަމާލު ކަމަށް އެކަން ގެނެސްފައިވާކަމަށެވެ. އަދި ޗުއްޓީ އަށް ފަހު ފުރިހަމަ ސިއްހަތެއްގައި އެނބުރި އަންނާނެ ކަމަށްވެސް އެލެން ވަނީ ބުނެފަ އެވެ.

އޭނާގެ "ދަ އެލެން ޑެޖެނެރެސް ޝޯ" އަކީ ދިވެހިންގެ މެދުގައި ވެސް މަގްބޫލުކަމެއް ހޯދާފައިވާ ޝޯއެކެވެ. އެ ޝޯ ދައްކަން ފެށީ 2003 ވަނަ އަހަރު އެވެ.