މީގެ ތިން އަހަރު ކުރިން މަސައްކަތް ނިމި ރިލީޒްނުކުރެވި އޮތް ފިލްމު “ތޯރްބާޒް” އެންމެ ފަހުން ރިލީޒްކޮށްފި އެވެ.

ސަންޖޭ ދަތު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު ނެޓްފްލިކްސް އިން ބަލާލެވޭއިރު މި ފިލްމަކީ ގިރިޝް މަލިކް ޑައިރެކްޓްކޮށްފައިވާ އެކްޝަން ތްރިލާއެކެވެ. ރެފިއުޖީ ކޭމްޕެއްގައި ތިބޭކުޑަކުދިންތަކަކަށް ސަންޖޭ ކްރިކެޓް ކުޅެން ދަސްކޮށްދޭ ތަން މި ފިލްމުން ފެނިގެންދާއިރު އަދި އެ ކުޑަކުދިން ތަކަކީ ޓެރަރިސްޓުން ނޫންކަން ބަޔަކަށް އަންގައިދޭން ކުރާ ބުރަ މަސައްކަތް ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

ސަންޖޭ ދަތު ވަރުގަދަ ރޯލަކުން ފެނިގެންދާ އެ ފިލްމުގައި އަންހެން ބަތަލާގެ ރޯލުންފެނިގެންދިޔައީ ނަރުގިސް ފަޚްރީ އެވެ. އެދެތަރިންގެ އިތުރުން މި ފިލްމުން ފެނިގެންދާ ބައެއް ތަރިންނަކީ ރާހުލް މިތުރާ، ޕްރާންޝް ޗޯޕްރާ އަދި ރާހުލް ދޭވްހިމެނެ އެވެ.

ސަންޖޭގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ"، "ޕްރިތުވީރާޖް" އަދި "ކޭޖީއެފް: ޗެޕްޓާ 2" ހިމެނެ އެވެ.