މިއަދު ރާއްޖެއިން ކޮވިޑް19އަށް ޕޮޒިޓިވްވީ 22 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ކޮވިޑް19ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އިއްޔެ 18:00އިން މިއަދު 18:00 އަށް 1،966 ސާމްޕަލް ވަނީ ނަގާފަ އެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 15 މީހުންނަކީ މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނެވެ. މީހުން ދިރިއުޅޭ ރަށްތަކުން ހަތަރު ކޭސް ފެނުނު އިރު ރިސޯޓުތަކުން ތިން ކޭސް ވަނީ ފެނިފައެވެ.

މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ އިއްޔެއާ އަޅާ ބަލާއިރު އިތުރު އަދަދެކެވެ. އިއްޔެ ޕޮޒިޓިވް ވެފައިވަނީ 18 މީހުންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު 13،348 އަށް ވަނީ އަރާފައެވެ.

ކޮވިޑް-19 ޖެހި އެ ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 12،659 އެވެ. އޭގެ ތެރެއިން މިއަދު ކޮވިޑް-19 ބަލިން ރަނގަޅު ވެފައިވަނީ 19 މީހުންނެވެ.

މިހާތަނަށް ބަލީގައި މަރުވި މީހުންގެ އަދަދަކީ 48 އެވެ.