12 Dec 2020, 11:10
ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން އައި ޓޫރިސްޓުންގެ އަދަދު އެއްލައްކައަށް އަރައިފި އެވެ.
މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެއްލައްކަ ވަނަ ފަތުރުވެރިޔާއަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ. އޭނާއަކީ ސްވިޒަލެންޑަށް ނިސްބަތްވާ ޖޭސްމިން ބުރްކީ ނަމަކަށް ކިޔާ އަންހެން ފަތުރުވެރިއެކެވެ.
މިއާ އެކު މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މި އަހަރު އައި ފަތުރުވެރިންގެ ޖުމުލަ އަދަދު ވަނީ 479،800 އަށް އަރައިފަ އެވެ.
ޕެންޑެމިކްއާ ގުޅިގެން ބޯޑަރު ބަންދުކުރުމަށް ފަހު އަލުން ހުޅުވާލީ ޖުލައި 15ވަނަ ދުވަހުގަ އެވެ. އޭގެ ފަހުން އަންނަ ފަތުރުވެރިންގެ އަދަދު މަހަކަށްވުރެ މަހެއް އަންނަނީ އިތުރުވަމުންނެވެ.
ޖުލައި: 1،701
- އޮގަސްޓް: 7،628
- ސެޕްޓެމްބަރު: 9،538
- އޮކްޓޫބަރު: 21،515
- ނޮވެމްބަރު: 35،759
ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނައިން ފަތުރުވެރިން އައި ފަސް މާކެޓަކީ ރަޝިއާ، އިންޑިއާ، ޔޫކޭ، އެމެރިކާ އަދި ޔޫއޭއީ އެވެ.