11 Dec 2020, 15:01
ބޮލީވުޑްގެ މަޝްހޫރު ތަރި ކާތިކް އާރްޔަން “ފްރެޑީ” ކިޔާ ފިލްމަކަށް ސޮއިކޮށްފިއެވެ.
އަޖޭ ބާލް ޑައިރެކްޓްކުރާ މި ފިލްމަކީ މީގެ ކުރިން ފެނިފައިނުވާ ފަދަ ވަރުގަދަ ފިލްމެއް ކަމަށާއި މި ފިލްމުގައި ކާތިކް ވެސް ފެނިގެންދާނީ ވަރަަށް ތަފާތު ރޯލަކުން ކަމަށް ޚަބަރުތައް ބުނެއެވެ.
އަންނަ އަހަރުގެ މެދުތެރޭ ޝޫޓްކުރަން ހަމަޖެހިފައިވާ އެ ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން ގިނަ ވޯކްޝޮޕްތަކެއްގައި ކާތިކް ބައިވެރިވާނެއެވެ.
އޭނާ އަތުގައި މިހާރުވެސް ގިނަ ފިލްމުތަކެއް ހުރި އިރު ދެން އެންމެ އަވަހަށް ޝޫޓިން ފަށާނީ ރާމް މަދުވާނީގެ "ދަމާކާ" ފިލްމެވެ. މި ފިލްމުގެ ޝޫޓިން 50 ދުވަހުގެ މުއްދަތަކަށް ކުރިއަށްދާނެއެވެ.