ކޮވިޑް19 ޖެހިގެން ފަރުވާ ހޯދަމުން ދިޔަ އިތުރު ދިވެއްސަކު މަރުވެއްޖެއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް19ގައި މަރުވި މީހުންގެ ޖުމްލަ ވަނީ 48 އަށް އަރައިފައެވެ.

ކޮވިޑު19ގައި މިއަދު މަރުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ގައި ފަރުވާ ހޯދަމުންދިޔަ އުމުރުން 69 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރޭގެ އިރުއޮއްސި ހަޔަކާއި ހަމައަށް ރާއްޖެއިން ޖުމްލަ 13،308 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

މިވަގުތު 633 މީހަކު ކޮވިޑަށް ފަރުވާ ހޯދަމުންދާއިރު 12،621 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.