24 Jan 2012, 17:17
އުތީމުން: މުހައްމަދު ހަސަން
ހއ. އުތީމުގައި ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް މި އަހަރު ފައްޓަވާނެ ކަމަށް ރައީސުލްޖުމުހުރިއްޔާ މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ގައުމީ ދުވަހުގެ އިހްތިފާލުގައި ބައިވެރިވެވަޑައިގެންނެވުމަށް އުތީމަށް ކުރެއްވި ދަތުރުފުޅުގައި އުތީމް މަދަރުސާގެ ރިހިޔޫބީލް ފަންޑު ފޮށި ހުޅުވައިދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އުތީމުގައި ބަނދަރެއް ނެތުމުގެ ސަބަބުން އެކަމުގެ ދަތި އުތީމުގެ ރައްޔިތުންގެ އިތުރަށް ރާއްޖޭގެ އެކިކަންކޮޅުތަކުން އުތީމަށް ޒިޔާރަތްކުރަށްވާ ބޭފުޅުންނަށް ތަހައްމަލް ކުރަން ޖެހިފައިވާ ކަމަށެވެ.
"އުތީމުގައި ހަދާ ބަނދަރަކީ ރަށުން ބައެއް ކަނޑާލައިގެން އެތެރެ އަށް ވައްދައިގެން ހަދާ ބަނދަރަކަށް ވެއްޖެ ނަމަ ތިމާވެށީގެ ގޮތުން ކުރިމަތިވެދާނެ ކަން ބަލަން އެބަޖެހޭ،" ރައިސް ވިދާލުވި އެވެ.
ރައީސް ވިދާޅުވީ އުތީމުގައި ބަނދަރެއް ހަދާ އިރު އެ ބަނދަރަކީ އުތީމްގެ ރައްޔިތުން އެދޭ ގޮތަށް ހެދޭ ބަނަދަރަކަށް ކޮންމެހެން ވަން ނުޖެހޭކަމަށާއި އުތީމުގެ ބަނދަރުހެ ދޭނީ މުޅިރާއްޖޭގެ ރައްޔިތުން އެދޭފެންވަރުގެ ބަނަދަރެއްގެ ކަމަށްވެސް ވިދާޅުވި އެވެ.
"އުތީމުގައި ހަދާ ބަނދަރު ޑިޒައިންކުރާ އިރު، ސާވޭ ކުރާ އިރު އުތީމުގެ ރައްޔިތުންގެ އެއްބާރުލުލުމާއި ކެތްތެރިކަން ބޭނުންވޭ"
ރައީސް ވިދާޅުވީ އުތީމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ރަށެއް ކަމަށާއި އުތީމަށް ރާއްޖޭގެ އެކިކަންކޮޅުތަކުން އެރަށަށް ޒިޔާރަތްކޮށް ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން އެ ރަށުގައި މިއަހަރު ހޮޓަލެއް އެލުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން ނިންމާފައި ވާކަމަށެވެ.
އުތީމަށް އައިސް ރާއްޖޭގެ އެކިކަންކޮޅުތަކުން ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތުލިބުމަކީ ގައުމިއްޔަތުގެ މުހިންމު ކަމެއްކަމަށް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ވޭތުވެ ދިޔަ ދެ އަހަރު ދުވަހުގެ ތެރެގައި އުތީމަށް ސަރުކާރުން މާބޮޑުކަންތައްތަކެއް ނުކޮށްދެއްވާ ކަމަށާއި މިއަހަރުތެރޭގައި އުތީމަށް ކަންކަން ކޮށްދެއް ވަނީ ޖީއެސްޓީގެ ގޮޔުގައި ރައްޔިތުންގެ އަތުން ނެގޭ ފައިސާގައިކަމަށް ވެސް ވިދާޅުވި އެވެ.
މިއަދު އެމަނކިފާނު އުތީމު ސްކޫލްގެ ރިހިޔޫބީލފަންޑު ފޮށި ހުޅުވައިދެއްވުމުގެ ކުރިން އުތީމްގައި ހަދާ ކުޑަކުދިންގެ ޕާކްގެ ބިންގާ ވެސް ވަނީ އަލުއްވާ ދެ އެވެ.
ރައީސް މިއަދު ހެދުނު އުތީމަށް ވަޑައިގަތުމުން ރައީސް މުހައްމދު ނަޝީދަށާއި ނައިބް ރައީސް މުހައްމަދު ވަހީދު ހަސަން އަށް އުތީމުގެ ރައްޔިތުންވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ. އެމަނިކުފާނު އުތީމުން ފުރައިވަޑައިގަތީ މިއަދު މެންދުރު ފަހުގެ ވަގުތެއްގަ އެވެ.