10 Dec 2020, 11:02
ބޮލީވުޑްގެ ލަވަކިޔުންތެރިޔާ އަދި އިންޑިއަން އައިޑަލްގެ ހޯސްޓް އަދިތްޔާ ނާރަޔަން ކައިވެނިކޮށްފި އެވެ.
އަދިތްޔާ ކައިވެނިކުރީ ބަތަލާ ޝްވެތާ އަގަރްވާލް އާއެވެ. މިދިޔަ މަހު ކައިވެނިކުރަން އުޅޭކަން އަދިތްޔާ ހަަމަކުރިއިރު ދެ މީހުން މި ކައިވެނިކުރީ މުމްބާއީގައި ބޭއްވި ކުޑަ ހަފްލާއެއްގެ ތެރޭގަ އެވެ. ކައިވެނީގެ ހަފްލާ ކުޑަގޮތަކަށް ބޭއްވިއިރު އެ ހަފްލާއަށް ވަނީ ގާތް ރަހުމަތްތެރިން ގޮއްސަ އެވެ.
އަދިތްޔާ އާ ޝްވެތާ ކައިވެނިކުރިއިރު ދެމީހުންގެ ކައިވެނި ހަފްލާގައި ނަގާފައި ހުރި ފޮޓޯތަކެއް ވަނީ ސޯޝަލް މީީޑިއާގައި ދައުރުވެފަ އެވެ.
އިންޑިއަން އައިޑަލް ހޯސްޓްކުރިއިރު އެ ޝޯ ޕްރޮމޯޓްކުރަން ވަނީ އަދިތްޔާ އާ ނެހާ ކައްކަރު އާ ކައިވެނިކުރަން އުޅޭކަމަށް ބުނެ ބޮޑު ސްޓަންޓެއް ޖައްސާފަ އެވެ. އަދިތިޔާގެ ބައްޕަ މަޝްހޫރު ލަވަކިޔުންތެރިޔާ އުދިތު ނާރަޔަން އާއި އޭނާގެ އަންހެނުން ލަވަކިޔުންތެރިޔާ އަލްކާ ޔަގްނިކާ އެކު މެހުމާނެއްގެ ގޮތުގައި އިންޑިއަން އައިޑަލް ޝޯގެ އެޕިސޯޑްގައި ބައިވެރިވެ ވަނީ އަދިތްޔާ އާ ނެހާގެ ކައިވެނި ހަމަޖެހިފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް ފަހުން އެނގުނީ އެއީ ޝޯ ޕްރޮމޯޓްކުރަން ކުރި ކަމެއް ކަމަށެވެ.