10 Dec 2020, 12:06
ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ވަރުން ދަވަން އާއި ނީތޫ ސިންހް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމެއްގެ ޝޫޓިންގެ ތެރެއިން ވަރުން އާ ނީތޫ އަށް ކޮވިޑު ޖެހުނުއިރު ޑައިރެކްޓަރު ރާޖް މެހެތާ އަށްވެސް ވަނީ ކޮވިޑް ޖެހިފައެވެ. މިދިޔަ މަހު "ޖުގް ޖުގް ޖިއޯ" ގެ ޝޫޓިން ފެށުނުއިރު ފިލްމުގެ ކާސްަޓުން ކޮވިޑަށް ޓެސްޓްކުރިއެވެ. އެ ޓެސްޓް ނަތީޖާ ނެގަޓިވްވުމުން ފިލްމުގެ މަސައްކަތްތައް ކުރަން ފެށީއެވެ.
ފިލްމުގެ މުހިއްމު ތިން މީހަކަށް ކޮވިޑު ޖެހުނުއިރު އެ ފިލްމުގައި ހަރަކާތްތެރިވާ އަނިލް ކަޕޫރާއި ކިއާރާ އަދުވާނީ ކޮވިޑަށް ނެގަޓިވްކަމަށް ޚަބަރުތައް ބުނެއެވެ. ފިލްމުގެ ތަރިން ޕޮޒިޓިވްވުމާ ގުޅިގެން ފިލްމުގެ ޝޫޓިން މިވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.
ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަން ހައުސްގެ ފުރާޅުގެ ދަށުން ގެނެސްދޭ މި ފިލްމުގެ ލީޑު ތަރިންނަކީ ކިއާރާ އަދުވާނީއާއި ވަރުން ދަވަން އެވެ. އަދި މި ފިލްމުގައި އަނިލް ކަޕޫރާއި ނީތޫ ސިންހް ވެސް ހަރަކާތްތެރިވާނެ އެވެ.