10 Dec 2020, 10:10
ޓީވީ އެންކަރު/އެކްޓަރު މަނީޝް ޕޯލް އަށް ވެސް ކޮވިޑް ޖެހިފައިވާކަމަށް އޭނާ ބުނެފި އެވެ.
ކޮމީޑިއަން އެކްޓަރު މަނީޝް އަށް ކޮވިޑް ޖެހުނުކަން ކަށަވަރުކޮށްދެމުން އޭނާ ކުރި ޕޯސްޓެއްގައި ބުނީ “ޖުގް ޖުގް ޖިއޯ”ގެ ޝޫޓިންގެ ތެރެއިން އޭނާއަށް ކޮވިޑް ޖެހުނު ކަމަށާއި އޭނާގެ ހާލަތު ރަނގަޅު ކަމަށެވެ. ބަލި ހާލަތު ގޯސް ނޫން ކަމަށާއި ބަލިން ރަނގަޅުވީހާ އަވަހަށް ފިލްމުގެ މަސައްކަތް އަލުން ފަށާނެ ކަމަށެވެ. މަސައްކަތް ކުރާނަމަ ރައްކާތެރި ފިޔަވަޅުތައް އެޅުން ވަރަށް މުހިއްމުކަމެއް ކަމަށްވެސް މަނީޝް ވަނީ ބުނެފަ އެވެ.
ޗަންދީގަރުގެ ޝޫޓިން ނިންމުމަށްފަހު އެނބުރި މުމްބާއީ އަށް އައިސް ބަލީގެ އަލާމާތްތައް ފެނުމުން އަމިއްލަ އަށް ގޮސް ކޮވިޑަށް ޓެސްޓްކުރިއިރު ނަތީޖާ ޕޮޒިޓިވްކޮށް އައި ކަމަށް އޭނާ ބުންޏެވެ.
އެ ފިލްމުގެ އިތުރު ތަރިންނަށް ވަނީ ކޮވިޑް ޖެހިފައެވެ. ވަރުން ދަވަން އާ ނީތޫ ސިންހްގެ އިތުރުން ޑައިރެކްޓަރު ރާޖް މެހެތާއަށް ވެސް ވަނީ ކޮވިޑް ޖެހިފަ އެވެ. ނީތޫ އަށް ކޮވިޑް ޖެހުމާއެކު އޭނާގެ ދަރިފުޅު ރަންބީރު ސިންހް ވަނީ އެއާ އެމްބިއުލޭންސް އެއް ކުއްޔަށް ހިފުމަށްފަހު ނީތޫ މުމްބާއީ އަށް ގެނެސްފަ އެވެ.