10 Dec 2020, 10:06
ކާމިޔާބު ފްރެންޗައިޒް ކްރިޝްގެ ހަތަރު ވަނަ ބައިގެ އަންހެން ބަތަލާއަކީ ކިއާރާ އަދުވާނީ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ކުރިން މި ފިލްމު ކުޅެން ހަމަޖެއްސީ ކްރިތީކަމަށް ޚަބަރުތައް ބުނިނަމަވެސް އެންމެ ފަހުގެ ހަބަރުތައް ބުނާގޮތުން ނަމަ މި ފިލްމުން ފެނިގެންދާނެ ބަތަލާ އަކީ ކިއާރާ އެވެ. މަޝްހޫރު އެކްޓަރު ރިތިކް ރޯޝަން ކުޅޭ ފްރެންޗައިޒް ކްރިޝް 4 ގެ ސްކްރިޕްޓްގެ މަސައްކަތް މިހާރު އެއްކޮށް ނިމިއްޖެ އެވެ.
މި ފިލްމަށް ކްރިތީ ނުހިމަނާން ނިންމީ މިހާރުވެސް ކްރިތީ އަތުގައި ގިނަ ފިލްމުތަކެއް ހުރެ އޭނާގެ ކުރިއަށް އޮތް ދުވަސްތަކުގެ ޝެޑިއުލް ފުރި ބާރުވުމުގެ ސަބަބުން ކަމަށް ހަބަރުތައް ބުނެ އެވެ. މި ފިލްމަށް ކިއާރާ ހަމަޖައްސައިފި ނަމަ މި ފިލްމުވެގެންދަަނީ ކިއާރާ އާ ރިތިކް އެކުގައި ފެނިގެންދާނެ ދެވަނަ ފިލްމަަށެވެ.
މި ފިލްމަކީ ބޮލީވުޑްގެ ސުޕަހީރޯ، ސައިންސް ފިކްޝަންގެ މައްޗަށް ބިނާކޮށް ތައްޔާރު ކުރާ ފިލްމެކެވެ. ކްރިޝްގެ ސީރީޒްތަކަށް ބެލުންތެރިންގެ މަގްބޫލުކަން ވަނީ ވަރަށް ބޮޑަށް ލިބިފަ އެވެ.