09 Dec 2020, 22:01
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވަނީ 26 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭ އިން މިރޭ އާންމުކުރި ކޮވިޑް19ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އިއްޔެ 18:00އިން މިއަދު 18:00 އަށް 1،728 ސާމްޕަލް ވަނީ ނަގާފަ އެވެ.
އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 23 މީހުންނަކީ މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނެވެ.
މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ އިއްޔެއާ އަޅާ ބަލާއިރު މަދު އަދަދެކެވެ. އެގޮތުން އިއްޔެ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 35 މީހުންނެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު 13،274 އަށް ވަނީ އަރާފައެވެ.
ކޮވިޑް-19 ޖެހި އެ ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 12،591 އެވެ. އޭގެ ތެރެއިން މިއަދު ކޮވިޑް-19 ބަލިން ރަނގަޅު ވެފައިވަނީ 104 މީހުންނެވެ.
މިހާތަނަށް ބަލީގައި މަރުވި މީހުންގެ އަދަދަކީ 47 އެވެ.