10 Dec 2020, 10:59
ކޮންމެ ހަފްތާއަކު ނަސީބުވެރިއަކަށް 500 ރުފިޔާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް ދިމާޓް އިން ފަށައިފި އެވެ.
މި ޕްރޮމޯޝަނުގެ ދަށުން މިމަހުގެ އަށަކުން 28 ގެ ނިޔަލަށް ދިމާޓުން ކުރާ ކޮންމެ 200 ރުފިޔާގެ ވިޔަފާރިއަކުން ޕްރޮމޯޝަނުގައި ބައިވެރި ވެވޭނެ އެވެ.
ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވާނީ ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހު އެވެ.
މިއަހަރު ޖެނުއަރ މަހު އޮންލައިން ވިޔަފާރި ފެށި ދިމާޓުން އާންމުކޮށް ގެތަކަށް ބޭނުންވާ ހުރިހާ ސާމާނު، ގޭގައި ތިބެ ފަސޭހަކަމާއެކު ގަނެވޭނެ އެވެ. އެގޮތުން ބަދިގެ ސާމާނާއި މޭވާއާއި ތަރުކާރީ، ކުޑަކުދިންނަށް ބޭނުންވާ ސާމާނު، ކޮސްމެޓިކްސް އާއި ރީތިވާން ބޭނުންވާ ސާމާނު، ސްޓޭޝަނަރީ، ދިވެހި އުފެއްދުންތައް އަދި ކުޅިވަރު ސާމާނުގެ އިތުރުން ކޮންސިއުމާ އިލެކްޓްރޯނިކްސް ހިމެނެ އެވެ.
ދިމާޓުން ގަންނަ މުދާ އެއްވެސް އަގަކާ ނުލާ ޑެލިވަރީ ކޮށްދޭނެ އެވެ. ކަސްޓަމަރަށް ފަސޭހަ ވަގުތެއްގައި ޑެލިވަރީ ކުރާނެ ގޮތަށް ގަޑިވެސް ހަމަޖައްސާލެވޭނެ އެވެ.