09 Dec 2020, 11:05
ޑްރޯން މެދުވެރިކޮށް މާފުށީ ޖަލަށް ވައްދަން އުޅުނު ފޯނުތަކާއި ވައިފައި ރައުޓަރުތަކެއް ހިފަހައްޓައިފި އެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑްރޯންއެއް ބޭނުންކޮށްގެން މާފުށީ ޖަލަށް އިލެކްޓްރޯނިކް ސާމާނުތަކެއް ވައްދަން އުޅެނިކޮށް ހުއްޓުވާފައިވާ ކަމަށެވެ.
އެ ޑްރޯން ބޭނުންކޮށްގެން އެތެރެ ކުރަން އުޅުނު އަށް ފޯނާއި، ހަ ޗާޖަރާއި، ވައިފައި ރައުޓަރަކާއި، ޔޫއެސްބީ ކޭބަލްތަކާކާއި ދެ ސިމް ކާޑެވެ.
ވައްދަން އުޅުނު ފޯނުތަކުގެ ތެރޭގައި ހިމެނެނީ ދެ ސްމާޓް ފޯނާއި، ހަ ނޮކިއާ ބައްތި ފޯނެވެ.