08 Dec 2020, 18:04
ހެންވޭރުގައި އިމާރަތްކޮށްފައިވާ ސަލްމާން މިސްކިތުގެ އުތުުރުން ގާއިމްކޮށްފައިވާ ޕާކިންޒޯނުން ޕާކިން ސްލޮޓަށް އެދުމަށް އިތުރު ފުރުސަތެއް ހުޅުވާލައިފި އެވެ.
މާލޭސިޓީ ކައުންސިލުން ބުނީ އެ ޕާކިން ޒޯނުގައި ފީ ދައްކައިގެން އުޅަނދު ޕާކު ކރުުމަށް މީގެ ކުރިން ހުޅުވާލި ފުރުސަތުގައި ޖާގަ ހޯދުމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެކި ސަބަބުތަކާހުގެ ކެންސަލްވި 27 ޖާގަ އާއި އެ ސަރަހައްދުން އަލަށް ގާއިމްކުރި އަށް ޖާގައަށް އެދުމުގެ ފުރުސަތު ހުލުވާލާ ކަމަށެވެ.
އެގޮތުން އެ ކައުންސިލްގެ ވެބްސައިޓުގައިވާ ޕާކިން ޕޯޓަލް މެދުވެރިކޮށް ޕާކިން ސްލޮޓަށް އެދުމުގެ ފުރުސަތު މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.
ސިޓީ ކައުންސިލުން ބުނީ އެ ޒޯނުން 35 ޕާކިން ސްލޮޓް ދޫކުރަނީ މަހަކު 3،000 ރުފިޔާ އަށް ކަމަށާއި އެ ޒޯނުން ޖާގަ ދެނީ ކާރަށާއި 350 ކިލޯއަށް ވުރެ މަތިނޫން ޕިކަޕަށް ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ޕާކިން ސްލޮޓަށް އެދޭ ޕޯޓަލް އިން ޕާކިން ޒޯންގެ ޖާގައަށް އެދޭފަރާތްތަކުން ފުރިހަމަކުރަންޖެހޭ މައުލޫމާތާއި ހުށަހަޅަންޖެހޭ ލިޔުންތައް އަދި އަމަލު ކުރަންޖޭހޭ ގޮތް ބަޔާންކޮށްފައިވާނެ ކަމަށެވެ.
މައުލޫމާތު ފުރިހަމަކޮށް ހުށަހަޅާ ފަރާތްތަކަށް ޖާގަހުސްވަންދެން ޖާގަ ކަށަވަރުވަމުންދާނެ ކަމަށާއި ޕާކިން އުސޫލާ ހިލާފަށް ހުށަހަޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްވާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
މާލެ ސިޓީ ކައުންސިލުން ދޫކުރާ ޕާކިން ޒޯންގެ ޖާގަތަކާއި ހުސްވަމުންދާ ޖާގަތައް ކައުންސިލްގެ ވެބަސްއިޓްގައިވާ ޕޯޓަލުން ފެންނަން ހުންނާނެ ކަމަށާއި ޖާގަތައް ޕޯޓަލަށް އަޕްލޯޑުވަމުންދާ ވަރަކަށް، ޖާގަތައް ހޯދަން ބޭނުންވާ ފަރާތްތަކުން ޕޯޓަލް މެދުވެރިކޮށް ޖާގަތަކަށް ހުށަހެޅޭނެ ކަމަށް ސިޓީ ކައުންސިލިން ބުންޏެވެ.
ސިޓީ ކައުންސލުން ވަނީ މީގެ ކުރިންވެސް މާލޭގެ ބައެއް ސަރަހައްދުތަކުގައި ޕާކިން ޒޯން ގާއިމްކޮށް އެތަންތަނުން ޕާކިން ސްލޮޓް ވިއްކައިފަ އެވެ.
ޕާކިންގެ މައްސަލައަކީ މާލޭގެ ޓްރެފިކަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އެވެ. މަގުތަކަށް އެކަށީގެންވާ ވަރަށްވުރެ އުޅަނދު އިތުރުވެފައިވާއިރު ޕާކު ކުރާނެ ޖާގަ ނެތް މައްސަލައަކީ ހައްލު ނުވެފައި އޮތް މައްސަލައެކެވެ.