ބީއެމްއެލްއަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް، އެވޯޑު ދީފި އެވެ.

ރޭ ބޭއްވި ހާއްސަ ހަފްލާގައި އެވޯޑުދީފައިވަނީ ބީއެމްއެލްއަށް 15، 20، 25 އަދި 35 އަހަރު ހިދުމަތްކޮށްފައިވާ މުވައްޒަފުންނަށެވެ. ޖުމުލަ 33 މުވައްޒަފަކަށް އެވޯޑު ލިބިފައިވެ އެވެ.

ބީއެމްއެލްއަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްދިން މުވައްޒަފުންގެ އަގުވަޒަން ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން-- ފޮޓޯ/ބީއެމްއެލް

ބީއެމްއެލްއަށް 35 އަހަރުގެ މުއްދަތަށް ހިދުމަތްކޮށްގެން އެވޯޑު ލިބުނީ ހެޑް އޮފް ޕްރޮކިއުމަންޓް މުހައްމަދު އަހުމަދު އަދި (ހެޑް އޮފް ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން ހަސަން ޝާމް އަށެވެ. އަދި ބޭންކަށް 25 އަހަރު ހިދުމަތްކޮށްގެން އެވޯޑު ލިބުނީ ސީނިއާ ޕެރަލީގަލް އަބްދުﷲ ސައީދު އަދި ގަމު ބްރާންޗް މެނޭޖަރު ހާނީމާ ނަސީމް އަށެވެ.

ބީއެމްއެލްއަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްދިން މުވައްޒަފުންގެ އަގުވަޒަން ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން-- ފޮޓޯ/ބީއެމްއެލް

އެ ހަފްލާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވަނީ ހީވާގިކަމާއެކު ދިގު މުއްދަތަކަށް މަސައްކަތް ކޮށްދެއްވި ހުރިހާ މުވައްޒަފުންނަށްވެސް ޝުކުރު ދަންނަވާފަ އެވެ.

ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތު ދީފައިވާ ކުންފުންޏެވެ. އެގޮތުން ބޭންކުގެ 99 ޕަސެންޓު މުވައްޒަފުންނަކީ ދިވެހިންނެވެ.

ބީއެމްއެލްއަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްދިން މުވައްޒަފުންގެ އަގުވަޒަން ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން-- ފޮޓޯ/ބީއެމްއެލް

ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކުގެ އިހުލާސްތެރި ހިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އަންނަނީ އެކި ހަރަކާތްތައް ބާއްވަމުންނެވެ.