ދެހާހުގެ ކުރީކޮޅުގެ އަހަރުތަކުގެ ތެރޭގައި ބޮލީވުޑުގައި ވިދާލި ފަރުދީން ޚާން އެނބުރި ބޮލީވުޑަށް ނުކުންނަން ތައްޔާރުވާ ކަމަށް ޚަބަރުތައް ބުނެފިއެވެ.

ފަރުދީން ހާން އެންމެ ފަހުން ފިލްމަކުން ފެނިފައި ވަނީ 2010 ވަނަ އަހަރު އެވެ. އެ އަހަރު ނުކުތް ފިލްމު "ދުލްހާ މިލްގަޔޭ" އަށް ފަހު ފަރުދީން ބޮޑު ސްކްރީނުން ވަނީ ގެއްލިފަ އެވެ. އޭނާ އެނބުރި އެކްޓިން އަށް ނުކުންނަށް އުޅޭކަމަށް އަޑުފެތުރުނީ ދާދި ފަހުން ޑައިރެކްަޓަރު މުކޭޝް ޗާބްރާ އާ ބައްދަލުކުރުމަށްފަހު އޮފީހުން ނުކުތްތައް އާންމުންނަށް ފެނުމާ ގުޅިގެންނެވެ.

ފަރުދީން ސްކްރީން ކުރިމަތިން ގެއްލުނު ނަމަވެސް އޭނާގެ ވާހަކަތައް އަބަދުވެސް މީޑިއާގެ ފަލަ ސުރުހީގައި ހިމެނެއެވެ. ފިޓްކޮށް ހުރި ފަރުދީން ފަލަވެގެން ނޫސްތަކުގެ ސުރުހީތަކަށް ފަރުދީން އޭރު ވަނީ އަރާފައެވެ.

ފަރުދީން ބޮލީވުޑަށް ތައާރަފުވީ 1998 ވަނަ އަހަރު ނުކުތް ފިލްމު، "ޕްރޭމް އަގަން" އިންނެވެ. އެ ފިލްމުން އޭނާ އަށް އެވޯޑުވެސް ލިބިގެން ދިޔަ އެވެ.

ކުރީގެ މަޝްހޫރު އެކްޓަރު ފީރޯޒްގެ ޚާންގެ ދަރިފުޅު ފަރުދީން
އަކީ އޭރު އަންހެން ކުދިންގެ ހިތްތަކުން ވެސް ޖާގަ ހޯދާފައިވާ ކުޅަދާނަ ތަރިއެކެވެ.