ފާއިތުވި 24 ގަޑިއިރުގައި ނެގި 1،732 ސާމްޕަލްގެ ތެރެއިން 15 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 14 މީހުންނާއި ރިސޯޓަކުން ޕޮޒިޓިވްވި މީހެކެވެ.

އަލަށް ޕޮޒިޓިވްވި ކޭސްތަކާއެކު ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ މިހާރު 13،213 އަށް އަރާފައެވެ.

މިހާރު ފަރުވާދެމުންދާ މީހުންގެ އަދަދަކީ 722 އެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދެމުންދަނީ 70 މީހަކަށެވެ.

އެ ބަލި ޖެހި އަދި އެ ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ މިހާރު 12،437 އަށް އަރާފައެވެ.

ކޮވިޑް19 ޖެހިގެން ރާއްޖެއިން މިހާތަނަށް 47 މީހުން ވަނީ މަރުވެފަ އެވެ.