ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ރައްޔިތުންގެ މަޖިލީހުން އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށް މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ވާހަކަދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ ގާނޫނުއަސާސީން މަ"އާސްކް ސްޕީކާ" ޕްރޮގްރާމުގައިޖިލީގަށް މަތިކޮށްފައިވާ މައިގަނޑު ދެ ކަމަކީ ގާނޫނު ހެދުމާއި ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށެވެ.

"ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތުގައި އެބަ އިތުރު މަސައްކަތެއް އަޅުގަނޑަށް ފެންނަ ގޮތުގައި އެބަ ކުރާން ޖެހޭ. އެއީ ސަރުކާރުން ހިންގާ ކަންކަން މަޖިލީހަށް އަމިއްލައަށް އެނގިފައި އޮތުން. އެއީ ސަރުކާރުން ބުނުމުގެ ކުރީގައި ނުވަތަސަރުކާރުގައި އެދިގެން އެ މައުލޫމާތު ހޯދުމުގެ ކުރީގައި މަޖިލީހުގެ މަސައްކަތުން އަމިއްލަ އިސްނެގުމަށް މަޖިލީހުން ހަދާފައި ބޭއްވުން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެ މައުޟޫގައި މިސާލު ޖައްސަވަމުން މަޖިލިސް ރައީސް ދައުލަތުގެ ޓްރެޝަރީގެ މައުލޫމާތު ވެސް މަޖިލީހަށް އަމިއްލައަށް ލިބެމުން، އޮޅުންފިލަމުން މޮނިޓާކުރެވެމުން ދާން ޖެހޭ ކަމަށް ވިދާޅުވިއެވެ.

މަޖިލިސް ރައިސް ވިދާޅުވީ އެކަންކަން މަޖިލީހަށް "އެތެރެއިން" އެނގިފައި އޮތުމުން ނޫނީ މަޖިލީހަށް ސުވާލުކުރަން ނޭނގޭނެ ކަމަށެވެ.

އެގޮތުން މިހާރު ސަރުކާރުން ވެކްސިނޭޝަން ޕްރޮގްރާމެއް ކުރިއަށް ގެންދަން މަސައްކަތް ކުރާއިރު، އެކަން ކުރަން ރާވާފައިވާ ގޮތާ އެކަން ކުރިއަށް ދާނެގޮތުގެ މައުލޫމާތު މިހާރު މަޖިލީހުން ހޯދަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މަޖިލިސް ރައީސް ވިދާޅުވީ މި އަހަރު ރައްޔިތުންގެ މަޖިލީހުން މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ކޮވިޑް19 އާ ގުޅިގެން ރާއްޖެ ބަންދުވާން ދިޔަ އިރެއްގައި، އަދި ބަންދުވެފައި އޮތް އިރު އަދި އެ ބަންދު ހުޅުވުމަށް ދާއިރުވެސް ދައުލަތް ހުއްޓިގެން ނުދާނެ ގޮތަކަށް މަސައްކަތްތައް ބެހެއްޓުން އެއީ މަޖިލީހުގެ މަސްއޫލިއްޔަތެއް ކަމަށް ވެސް ވިދާޅުވިއެވެ.

މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރު މިއަދު ނިންމާލި އިރު، މަޖިލީހުގެ ޖަލްސާތަކުގައި 89 ގަޑިއިރު، އަދި ކޮމެޓީތަކުގައި 330 ގަޑިއިރު މަސައްކަތް ކޮށްފައިވެއެވެ.

އަދި މި ދައުރުގައި ޖުމްލަ 15 ބިލެއް ފާސްކޮށް، ރިޔާސަތުން ހުށަހެޅުއްވި މައްސަލަތަކުގެ ތެރެއިން އަށް މައްސަލަަކައި ސަރުކާރުން ހުށަހެޅުއްވި މައްސަލަތަކުގެ ތެރެއިން އަށް މައްސަލައެއް ނިންމި އިރު، އެހެނިހެން މައްސަލަތަކާ ގުޅޭ 14 ކަމެއް ކޮމެޓީތަކުން ނިންމި އެވެ. އަދި ވަޒީރުންނާ 17 ސުވާލެއް ކޮށްފައިވެއެވެ.

ތިން ވަނަ ދައުރުގައި ނިންމި މުހިންމު ބިލުތަކުގެ ތެރޭގައި ތައުލީމިގެ ބިލާއި، ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލާއިމ ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ގެނައި އިސްލާހު އަދި އިންތިގާލީ އިންސާފުގެ ބިލު ހިމެނެއެވެ.

މީގެ އިތުރުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެތު ވެސް ވަނީ ފާސްކޮށްފަ އެވެ.