އުރީދޫގެ އީކޮމާސް ޕްލެޓްފޯމް މޫލީ އިން އަހަރީ ބަންދާ ގުޅިގެން "މޫލީ އިޔާ އެންޑް ކާނިވަލް 2020" ގެ ނަމުގައި ޑިޖިޓަލް ކާނިވަލެެއް މޫލީ ޕްލެޓްފޯރަމްގައި ހުޅުވާލައިފިއެވެ.

އުރީދޫއިން ބުނީ މޫލީގެ އިޔާ އެންޑް ކާނިވަލުން އެ ޕްލެޓްފޯރމްގައި ތަކެތި ވިއްކާ 10 ފަރާތެއްގެ ޕްރޮޑަކްޓްސްއިން 50 ޕަސެންޓާ ހަމަ އަށް ޑިސްކައުންޓް، ވިޔަފާރި ކުރައްވާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށެވެ. ޑިސްކައުންޓްގެ އިތުރުން ކޮންމެ ދުވަހަކު، ކޮންމެ ހަފްތާއަކު އަދި ކާނިވަލުގެ މުއްދަތުގައި ވިޔަފާރި ކުރައްވާ ފަރާތްތަކުގެ ތެރެއިން، ނަސީބުވެރި ފަރާތްތަކަށް އަގުހުރި އެތައް އިނާމެއް ލިބިގެންދާނެކަމަށް އުރީދޫއިން ބުންޏެވެ.

މޫލީގެ ކާނިވަލްގެ ތެރެއިން ސްމާޓް ފޯން އާއި ގޭތެރޭގައި ހިފާގެންގުޅޭ ސާމާނު، ކޮސްމެޓިކްސް އަދި ތުއްތު ކުދިންނަށް ޚާއްޞަ ވާހަކަފޮތުގެ އިތުރުން އެކި އުމުރުފުރާގެ މީހުންނާ ގުޅޭ ތަފާތު ތަކެތި މޫލީ އިޔާ އެންޑް ކާނިވަލްއިން ލިބޭނެއެވެ. އަދި އުރީދޫ ކަސްޓަމަރުންނަށް މާލޭގެ ކޮންމެ ހިސާބަކަށް ޑެލިވާވެސް ކޮށްދެއެވެ.

މޫލީ އިޔާ އެންޑް ކާނިވަލުން ތަކެތި ގަންނަން ބޭނުންނަމަ އުރީދޫ އެޕް މެދުވެރިކޮށް ޝޮޕްއަށް ޒިޔާރަތް ކުރެއްވޭނެއެވެ.

މޫލީ ކާނިވަލް އިން ވިޔަފާރި ކުރައްވާ ހުރިހާ ކަސްޓަމަރުން ލަކީޑްރޯއެއްގައި ހިމެނި، ކޮންމެ ދުވަހަކު، ކޮންމެ ހަފްތާއަކު އަދި މުޅި ކާނިވަލުން ވިޔަފާރި ކުރައްވާ ފަރާތްތަކުން ނަސީބުވެރި ފަރާތްތަކަށް އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު ލިބިގެން ދާނެއެވެ. ނަސީބުވެރި ފަރާތްތަކަށް ލިބޭ އިނާމު މޫލީ ގައި މިހާރު ލިސްޓްކުރެވިފައިވާ 13 ބްރޭންޑްއަކުން ވަނީ ހުށައަޅުއްވާފައެވެ. އޭގެ ތެރޭގައި ކުއިކަރ ބިޒް، އައިޓީ ވޯރލްޑް، ބްރޭންޑްލޫމް، ލިންކްސާވް، ފޯމެކްސް އަދި އެހެންވެސް ބްރޭންޑްތައް ހިމެނެއެވެ.

އެ ކާނިވަލް އަށް ކޮންމެ ނެޓްވާރކް އަކުންވެސް ވަދެ ހެޔޮ އަގުގައި ވިޔަފާރިކޮށްލެވޭނެއެވެ. އޭގެ އިތުރުން ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް، ކޮންމެވެސް އެއް ޕްރޮޑަކްޓްއަކާއި އެކު އަގުހުރި އިނާމެއް ލިބިގެންދާނެއެވެ. އިނާމު ހިމަނާފައިވާ ޕްރޮޑަކްޓްއެއްގެ ގޮތުގައި، ކޮންމެ ދުވަހަކުވެސް ކޮންމެވެސް އެއް ކެޓަގަރީއެއްގެ ޕްރޮޑަކްޓްއެއްގެ އަގުގެ ތިރީގައި "ފްރީ ގިފްޓް އިންކްލޫޑަޑް" ޖަހާފައިވާނެއެވެ.