07 Dec 2020, 19:24
ބޮލީވުޑް އަދި ހޮލީވުޑްގެ ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްރާ ޖޯނަސްގެ ކުރިއަށް އޮތް ފިލްމު “ވީ ކޭން ބީ ދަ ހީރޯސް” ގެ ޓްރެއިލާ އާންމުކޮށްފި އެވެ.
ހޮލީވުޑް ފިލްމު ވީ ކޭން ބީ ދަ ހީރޯސް އަކީ އޭނާ ސުޕަހީރޯ ފިލްމެކެވެ. މި ފިލްމަކީ ފިލްމު "އެލީޓާ: ބެޓްލް އެންޖެލް" ގެ ޑައިރެކްޓަރު ރޮބަޓް ރޮގްރިގޭޒް ޑައިރެކްޓްކުރާ ފިލްމެކެވެ. ފެންޓަސީ ފިލްމު "ވީ ކޭން ބީ ހީރޯސް" ގެ ނަމުން ނަންދީފައިވާ އެ ފިލްމުގައި ލީޑު ރޯލެއްގެ ގޮތުގައި ހަރަކާތްތެރިވާނެ ފިރިހެން ތަރިއަކީ ސަންގް ކެންގް އެވެ.
ނެޓްފްލިކްސް ގައި ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމުގައި ޕްރިޔަންކާ ކުޅޭނީ ވިލަން އެއްގެ ރޯލުކަމަށް ބައެއް ޚަބަރުތައް ބުނެއެވެ. ދެތަރިންގެ އިތުރުން ފިލްމުގައި ފެނިގެންދާނެ ބައެއް ތަރިންނަކީ ކްރިސްޓޯފާ މެކްޑޮނަލްޑް، ނަތަން ބްލެއާ، ޕެޑްރޯ ޕާސްކަލް، ޔާޔާ ގޮޒެލިން، އަކީރާ އަކްބަރު، އެންޑްރޫ ޑަޔަޒް، އެންޑީ ވަލްކެން އަދި ބޯއިޑް ހޮލްބްރޫކް އެވެ.
ދުނިޔެ އަށް ވެރިވެގަންނަ އޭލިއަނުންތަކެއް އިންސާނުންތަކެއް ކިޑްނެޕްކުރާ މަންޒަރު ފިލްމުން ފެނިގެންދާނެއެވެ. އަދި އޭލިއަނުންގެ ދުނިޔެ އަށް ގެންދަން ކުރާ މަސައްކަތުގެ ތެރޭގައި ހިނގާ ގިނަ ކަންތައްތަކެއްވެސް ފިލްމުން ފެނިގެންދާނެއެވެ.