ބޭރު އާގުބޯޓެއްގެ ފަޅުވެރިޔަކަށް އަވަސް ފަރުވާ ދިނުމަށް، އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފި އެވެ.

އެމްއެންޑީއެފް އިން ބުނީ ފަރުވާއަށް ގެންގޮސްފައި ވަނީ ތުރުކީ އިން ފުރައިގެން އޮސްޓްރޭލިއާއަށް ދަތުރުކުރަމުން ދިޔަ "މޭސޯރާ" ކިޔާ އާގު ބޯޓެއްގެ ފަޅުވެރިއެއް ކަމަށެވެ.

ފަރުވާއަށް ގެންގޮސްފައި ވަނީ އުމުރުން 40 އަހަރުގެ ފިލިޕީންސް ރައްޔިތެކެވެ. އޭނާގެ ބޮލަށް އަނިޔާވެފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފްގެ އެހީތެރިކަމާއެކު މިއަދު 8:30 ހާއިރު އޭނާ ވަނީ ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.